ސީޒަންގެ ފުރަތަމަ ކްލެސިކޯ: ރިއަލް މެޑްރިޑާއި ބާސެލޯނާގެ ކުރިމަތިލުން އޮކްޓޯބަރު 26ގައި
މިިދިޔަ ސީޒަންގެ ކްލެސިކޯ މެޗެއްގެ ތެރެއިން: ފޮޓޯ- އޮޕްޓަސް ސްޕޯރޓް

ސީޒަންގެ ފުރަތަމަ ކްލެސިކޯ: ރިއަލް މެޑްރިޑާއި ބާސެލޯނާގެ ކުރިމަތިލުން އޮކްޓޯބަރު 26ގައި

23 days ago - 09:11
Sep 26, 2024 - 08:25

ފުޓްބޯޅައިގެ ސަޕޯޓަރުންނަށް އެންމެ ޙާއްސަ ކުރިމަތިލުން, އެލް ކްލެސިކޯގެ މި ސީޒަންގެ ފުރަތަމަ މެޗު ކުޅޭ ތާރިޚް އިއުލާންކޮށްފިއެވެ. ރެއާލް މެޑްރިޑްގެ ސެންތިއޭގޯ ބާނަބެއު ގައި ކުޅުމަށް ހަމަޖެހިފައިވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުރިމަތިލުން އޮންނާނީ 26 އޮކްޓޯބަރުގައެވެ. މިމެޗު ކުޅޭނީ ރާއްޖެ ގަޑިން 00.00 ގައެވެ.

ސްޕެއިންގެ ފުޓްބޯޅައިގެ ތާރީޙްގައި އެންމެ ކާމިޔާބު ދެ ކްލަބްގެ މި ކުރިމަތި ލުމަކީ ރެއާލް މެޑްރިޑާ އަލަށް ގުޅުނު ކީލިއަން އެމްބާޕޭއަށް ޙާއްސަ މެޗެކެވެ. އެމްބާޕޭގެ ފުރަތަމަ ކްލެސިކޯ އަށްވާއިރު މިއީ ބާސާ ގެ ކޯޗް ހެންސީ ފްލިކްގެ ވެސް ފުރަތަމަ ކްލެސިކޯ މެޗެވެ. 

ލަލީގާގައި ބާސެލޯނާ މިހާތަނަށް ކުޅުނު ހަ މެޗުން މޮޅުވެފައިވާއިރު, ރެއާލް މެޑްރިޑް ތާވަލްގެ ދެވަނައިގައި އޮތީ ބާސެލޯނާ އަށްވުރެ ހަތަރު ޕޮއިންޓް މަދުކޮށެވެ.

ނަމަވެސް މިހާރު މެޗުތަކުގެ ޝެޑިއުލް އިއުލާންކޮށްފައިވާ ގޮތުން ރެއާލްމެޑްރިޑަށް ބާސާއަށްވުރެ އެދުވަސް ގިނައިން އަރާމުކުރަން ލިބޭނެއެވެ. ޗެމްޕިއަންސް ލީގުގައި ބާސެލޯނާއިން ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ 23 އޮކްޓޯބަރުގައެވެ.

Advertisement

މެޑްރިޑްގެ ދަނޑުގައި ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް އެޓީމުން ކުޅޭ މެޗު އޮންނާނީ 22 އޮކްޓޯބަރުގައެވެ. އެއީ 2023-24 ސީޒަންގެ ރީމެޗެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow