ހައްޖު ކޯޕަރޭޝަނުން ހައުސިންގ މަޝްރޫއެއް ހިންގަނީ
ހައްޖު ކޯޕަރޭޝަނާއި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެއްބަސްވުމުގައި ސޮއިކުރުމަށްފަހު: ފޮޓޯ-އެފްޑިސީ

ހައްޖު ކޯޕަރޭޝަނުން ހައުސިންގ މަޝްރޫއެއް ހިންގަނީ

23 days ago - 14:35
Advertisement

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހައުސިންގ މަޝްރޫއެއް ފަށަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެފްޑިސީއާއެކު ހައްޖު ކޯޕަރޭޝަނުން ސޮއިކުރީ ހައުސިންގ މަޝްރޫއު "ނިޢަމް ރެސިޑެންސް" ގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައެވެ.

މި އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ.

މިއީ ހައްޖު ކޯޕަރޭޝަނުގެ "ނިޢަމް ރެސިޑެންސް" މަޝްރޫއުއަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިންގ އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި، ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ކަމަށް އެފްޑީސީން ބުންޏެވެ. ހައްޖު ކޯޕަރޭޝަނުން ހައުސިންގ މަޝްރޫއެއް ފަށަނީ ޢާއްމުންނަށްވެސް ގަތުމުގެ ފުރުޞަތު ލިބޭ ގޮތަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މޯލްޑިވް ގޭސް އާއެކުވެސް ފަހުމުނާމާއެއްގެ ދަށުން މިފަދަ ޙިދުމަތްތައް އެފްޑީސީން  ފޯރުކޮށްދެމުންދާ ކަމަށް އެފްޑީސީން ބުންޏެވެ. އެފްޑީސީއަށް 5 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން  ކޯޕަރޭޝަނުގެ މެންޑޭޓަށް އައި ބަދަލާއެކު،  އާމްދަނީ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެކުންފުނިން ބުންޏެވެ. މަޝްރޫޢުތައް ކާމިޔާބުކަމާއެކު ތަންފީޛުކުރުމަކީ، މި ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވި، އެފްޑީސީ އަކީ  ފައިދާ ލިބޭ ކުންފުންޏަކަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް އެފްޑީސީން ދެކެއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement