ޤައުމީ ފުޓްބޯޅަ ޓީމްގެ ޑިފެންޑަރ ސާއިފު ގެއްލިގެން ހޯދަން ފަށައިފި
ޤައުމީ ފުޓްބޯޅަ ޓީމްގެ ޑިފެންޑަރ މުހައްމަދު ސާއިފު ގެއްލިގެން ހޯދަން ފަށައިފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ސާއިފް ހޯދަން ޢާއްމުންގެ އެހީއަށް އެދި އިއުލާނުކޮށްފައެވެ.
30 އަހަރުގެ ޑިފެންޑަރަކީ ހއ.ހޯރަފުއްޓަށީ ކުޅުންތެރިއެކެވެ. އޭނާ ވަނީ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަކަށް ކުޅެފައެވެ. އޭގެތެރޭގައި މާޒިޔާ ހިމެނެއެވެ. އޭގެއިތުރުން ޔުނައިޓެޑް ވިކްޓްރީއާއި ވިކްޓްރީއާއި ނިއުރޭޑިއަންޓާއި, ގްރީން ސްޓްރީޓްސް އަށްވެސް ކުޅެފައެވެ.
ސާއިފް ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައިގެ ތެރެއަށް ތަޢާރަފްވީ ކްލަބް ވެލެންސިޔާގެ ޒުވާނުން ޓީމުންނެވެ.
ސާއިފް މިހާރު ދިރިއުޅޭ އެޑްރެހަކީ ހުޅުމާލެ ފުލެޓް 205-2-35 އެވެ. ފުލުހުން ބުނީ މުޙައްމަދު ސާއިފް އެންމެ ފަހުން ފެނިފައިވަނީ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް 3 އިން ކަމަށެވެ. އޭރު ލައިގެންހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ފލުހުން ބުންޏެވެ.
މުޙައްމަދު ސާއިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅާ ހިއްސާކުރަން ފުލުހުން އެދެއެވެ.
ރިއެކްޝަންސް