އެމްބާޕޭގެ ދެ ގޯލާއެކު ރިއަލް މެޑްރިޑް މޮޅުވެއްޖެ
އެމްބާޕޭ މެޗުގައި ލަނޑު ޖެހުމަށްފަހު: ފޮޓޯ- ރެއާލް މެޑްރިޑް

އެމްބާޕޭގެ ދެ ގޯލާއެކު ރިއަލް މެޑްރިޑް މޮޅުވެއްޖެ

ރެއާލް މެޑްރިޑް އޮތީ ދެވަނައިގައި

15 days ago - 08:06
Sep 2, 2024 - 08:20

އާދިއްތަދުވަހު ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑްއިން ރިއަލް ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗް 0-2 ން ރިއަލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ. 

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗްގައި ރިއަލްގެ ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ މިސީޒަންގައި ޓީމާ ގުޅުނު ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ އެވެ. ފުރަތަމަ ގޯލް މެޗް 67 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ފެޑްރީކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. އަދި ދެވަނަ ގޯލް 75 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ. މިއީ އެޓީމުގެ ވިނިޝިއަސް ޖޫނިއަރ އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ވިނީޝިއުސް ވަނީ ޕެނަލްޓީ ޖެހުމުގެ ފުރުޞަތު އެމްބާޕޭއަށް ދީފައެވެ.

ރެއާލްއިން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ގޯލެއް ނުޖެހުމުން މެޗަށް ނިކުން އިރު އެއްވެސް ޕްރެޝަރެއް އޮތްތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުން އެމްބާޕޭ ބުނީ ޕްރެޝަރަކީ އެއަށް ހޭނެންޖެހޭނެ އެއްޗެއް ކަމަށާއި, ގޯލްޖެހޭނެ ކަން އޭނާއަށް ޔަޤީންވާ ކަމަށެވެ.

"އަހަރެން މުޅި ކެރިއަރުގައިވެސް މިއަންނަނީ ގޯލްޖަހަމުން. ނަމަވެސް ވިދިވިދިގެން ތިން މެޗުގައި ގޯލެއް ނުޖެހި ދިއުމަކީ އަހަންނަށް އެހާ ފަސޭހަވި ކަމެއްނޫން. އެކަމަކު އެއީ މައްސަލައެއްނޫން. އަހަންނަށް އެކުގައި ކުޅޭ ކުޅުންތެރިންނާމެދު އިތުބާރު އޮތް" އެމްބާޕޭ ބުންޏެވެ.

Advertisement

ލަލީގާގެ ތާވަލްގެ އެއްވަނައިގައި 12 ޕޮއިންޓާއެކު އޮތީ ވާދަވެރި ބާސެލޯނާ އެވެ. ރެއާލް މެޑްރިޑް އޮތީ 8 ޕޮއިންޓާއެކު އޮތީ ދެ ވަނައިގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow