މެންޗެސްޓަރ ޔުނައިޓަޑް ބަލިކޮށް, ލިވަޕޫލުން އިތުބާރު ދަމަހައްޓައިފި
ލުއިސް ޑިއާޒް ދެ ލަނޑު ޖެހި
އިނގިރޭސި ޕްރިމިއަރ ލީގުގައި 3-0 ން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް, ލިވަޕޫލުން އިތުބާރު ދަމަހައްޓައިފިއެވެ. ލިވަޕޫލްގެ ފުރަތަމަ ދެ ގޯލް ކާމިޔާބުކޮށްދިނީ ލުއިސް ޑިއަޒްއެވެ. ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ މުޙައްމަދު ޞަލާޙްއެވެ.
އޯލްޑްޓެރެފޯޑްގައި ކުޅުނު މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ލިވަޕޫލް އިންނެވެ. މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ގޯލެއް ކާމިޔާބު ކުރިނަމަވެސް ވީއޭއާރުން ވަނީ އެގޯލް އޮފްސައިޑް ކަމަށް ނިންމާފައެވެ. ފުރަތަމަ ދެ ގޯލް ފުރަތަމަ ހާފުގެ 35 ވަނަ މިނިޓާއި 42 ވަނަ މިނިޓްގައި ޖެހީ މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުޞަތުތަކުންނެވެ.
ލިވަޕޫލްގެ ތިންވަނަ ގޯލް ދެވަނަ ފާހު ފެށުންތަނާހެން ކާމިޔާބުކޮށްދިނީ މުޙައްމަދު ޞަލާހެވެ.
މިސީޒަން ނިމޭއިރު ޞަލާހްގެ ލިވަޕޫލްގެ އެއްބަސްވުން ހަމަވާނެއެވެ. މިއީ އޭނާ ލިވަޕޫލްގެ ޖަރޒީގައި ފެންނާނެ ފަހު ސީޒަންކަމުގެ އިޝާރާތެއް ޞަލާހް ވަނީ ދީފައެވެ.
ލީގުގައި އާދިއްތަ ދުވަހު ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ކްރިސްޓަލް ޕެލްސްއާއި ޗެލްސީ ވާދަކުރި މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ނިއުކާސަލް ޔުނައިޓެޑް އަތުން ޓޮޓްނަމް ބަލިވީ 1-2 ނެވެ.
ރިއެކްޝަންސް