
މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު އިތުރު ތަހުލީލުތަކަށް މާލެ ގެނެސްފި
މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު އިތުރު ތަހުލީލުތަކަށް މާލެ ގެނެސްފި އެވެ. ފުލުހުން މިއަދު ވިދާޅުވީ މޫސާ އިބްރާހީމްގެ ހަށިގަނޑު ތަހުގީގުގެ ބޭނުމަށް، އިތުރު ތަހުލީލުތަކެއް ކުރަން ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.
މޫސާ އިބްރާހީމް މަރާލީ ތޫނު އެއްޗަކުން ހަމަލާދީ މާވަށުގައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ. އެމައްސަލައިގަ ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު އަސަރީ މަންޒިލް އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް އެވެ. އޭނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ހަމަލާދޭން ބޭނުންކުރި ވަޅި ފުލުހުން ވަނީ މޫދުން ހޯދާފައެވެ. މޫސާ އިބްރާހީމްއަށް ހަމަލާ ދިނީ ދެމީހުންގެ މެދުގައިނހިނގި މާރާމާރީއެއްގެ ތެރެއިންނެވެ.
ރިއެކްޝަންސް






