ރައިސްގެ ދެކަނބަލުންނަށް ޗައިނާއިން ހޫނު މަރުޙަބާއެއް

ރައިސްގެ ދެކަނބަލުންނަށް ޗައިނާއިން ހޫނު މަރުޙަބާއެއް

ޗައިނާގެ ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ރައިސްގެ ދެކަނބަލުންނަ ރަސްމީގޮތުން މަރުހަބާ ދަންނަވައިފި

8 months ago - 18:47
Jan 10, 2024 - 19:03

ޗައިނާގެ ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ރައިސްގެ ދެކަނބަލުންނަ ރަސްމީގޮތުން މަރުހަބާ ދަންނަވައިފިއެވެ.

ރަސްމީގޮތުން މަރުހަބާ ދެންނެވުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޑަޔަސްއަށް އަރައިވަޑައިގަތުމާއެކު 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ޗައިނާގެ މިލިޓަރީ ބޭންޑުން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނަރއެއް، ޗައިނާގެ ރައީސްގެ އަރިހުގައި އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މިރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް، ދިވެހި ރާއްޖެއިން މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި މަތީފަންތީގެ ވަފުދު، ޗައިނާގެ ރައީސް އަށް ތަޢާރުފުކޮށްދެއްވިއެވެ.

ދެ ޤައުމުގެ ސަރުކާރުން ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށްވަނީ ހަމަޖެހިފަ، އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އެކި ދާއިރާތަކުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow