އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި ޤައުމެއް ނޯންނާނެ: ރައީސް މުޢިއްޒު
އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް ދެމި ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 
މި ޚިޠާބުގައި ރައީސް މުޢިއްޒު ވިދާޅުވީ ތަޢުލީމާއި، ޞިއްޙަތާއި، އިޖްތިމާޢީ ޚިދުމަތްތަކާއި، ވެރިކަން ހިންގުމާއި، ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތްތައް ކާމިޔާބުވެ ކުރިއަރާނީ އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއެކު ކަމަށެވެ. 
ދިވެހި އަންހެނުންނަކީ ދިވެހި އުންމަތް ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިން ކަމަށް ރައީސް ސިފަކުރެއްވިއެވެ. އަދި ދިވެހި އުންމަތުގެ ތަރައްޤީއަށް ކުރެވުނު ކޮންމެ މަސައްކަތެއްގައި އަންހެނުންގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާކަން ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. 
ރައީސް މުޢިއްޒު ވިދާޅުވީ އިސްލާމްދީނުން އަންހެނުންގެ ޙައްޤުތައް އެންމެ ހެޔޮ ގޮތުގައި ކަނޑައަޅައިދީ، މުޖްތަމަޢުގައި އަންހެނުންގެ މަޤާމް މަތިވެރިކޮށްދީފައިވާ ކަމަށެވެ. އަދި މާތް ރަސޫލާގެ ޙަދީޘްފުޅުތަކުން އަންހެނުންނަށް އިޙްތިރާމްކުރުމުގެ މުހިންމުކަން އަންގަވާފައިވާކަން ހަނދާންކޮށްދެއްވިއެވެ.
ރިއެކްޝަންސް
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                


        




                                

                                                                                                                                            
                                                                                                                                            
                                                                                                                                            
