 
                                    އެންމެ ގެއެއް ބަލާ ފާސްކޮށް 32 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މައްޗަންގޮޅި ގެއެއް ބަލައިފާސްކޮށް ގަވާއިދާ ޚިލާފަށާއި ފިލައިގެން އުޅެމުންދިޔަ 32 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. 
އިމިގްރޭޝަނުން ބުނީ ލިބުނު ރިޕޯޓަކާ ގުޅިގެން ބުދަ ދުވަހު ގެ ރޭ މާލޭގެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އިމިގްރޭޝަނަށް ލިބުނު ރިޕޯޓުގައި، މއ. ހިތިލާގެ 2 އިން އާންމު ގޮތެއްގައި ގަނޑުކުރި މަސް، ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދުވެސް ފެންނަ ކަމަށް ބުނެފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ބުނީ ހަތަރު ބުރީގެ ބާ އިމާރާތުގައި އުޅެމުންދިޔަ 77 ބިދޭސީންގެ ލިޔެކިޔުންތައް ޓާސްކްފޯހުން ހިންގި އޮޕަރޭޝަންގައި ޗެކުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ޞައްޙަ ވިސާއެއް ނެތި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުންނާއި، ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ މީހުން ހިމެނޭހެން 32 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ވަނީ އިމިގްރޭޝަން ވޮޗު މެދުވެރިކޮށް މިފަދަ ރިޕޯޓުތައް ހުށަހަޅައި، އެ އިދާރާގެ މަސައްކަތަށް އާންމު ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވައިފައެވެ.
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    





 
                                                                                                                                             
                                                                                                                                             
                                                                                                                                            
