
އެކަހެރިކޮށް އޮތް މަކުނުދޫ އިން ޕާސްޓްޕޯރޓްގެ ޚިދުމަތް ދޭން ފަށައިފި
އެކަހެރިކޮށް އޮތް މަކުނުދޫ އިން ޕާސްޓްޕޯރޓް ހެދުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިޚިދުމަތް މަކުނުދޫގައި ފެށީ ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަކުނުދޫ އަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތުގައެވެ.
ހދ. މަކުނުދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ. މި ޚިދުމަތް މަކުނުދޫގައި ފެށުމާއެކު، މިހާރު ހދ. އަތޮޅުގެ ދެ ރަށަކުން ޕާސްޕޯޓު ލިބޭނެއެވެ. އެއީ މަކުނުދޫގެ އިތުރުން ކުޅުދުއްފުށީ ސިޓީން ނެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން ފެށި ޚިދުމަތެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ރިއެކްޝަންސް






