ބޯޑަރު ކައިރީގައި ކާބޯތަކެތި އެތެރެނުކުރެވި ކުނިވަނީ, ޣައްޒާގެ ރައްޔިތުން ދިރިތިބީ ދަޅުކާނާގެ އެހީގައި
ޣައޒާގެ ބޯޑަރު ކައިރީގެ އެހީގެ ޓްރަކްތައް ތޮތްޖެހިފައި. ފޮޓޯ: އޭޕީ

ބޯޑަރު ކައިރީގައި ކާބޯތަކެތި އެތެރެނުކުރެވި ކުނިވަނީ, ޣައްޒާގެ ރައްޔިތުން ދިރިތިބީ ދަޅުކާނާގެ އެހީގައި

އިޒްރާއިލްއިން ޣައްޒާއަށް އިންސާނީ އެހީ ވަނުން މާރިޗު 18 އިން ފެށިގެންވަނީ ހުއްޓުވާފައި

2 days ago - 18:34
Mar 29, 2025 - 19:19

ޣައްޒާއަށް އިންސާނީ އެހީވަނުން ހުއްޓުވާފައިވާތީވެ ޣައްޒާގެ ރައްޔިތުން ދިރިތިބީ ދަޅުކާނާގެ އެހީގައެވެ. ހަ މި ހިނދު ދުނިޔޭގެ އެތައް މިތަނުން އެހީގެ ގޮތުގައި ޣައްޒާއަށް ފޮނުވާފައިވާ ތާޒާ މޭވާ އާއި ތަކުކާރީ އަދި އެހެނިހެން ކާބޯތަކެތި ބޯޑަރު ކައިރީގައި "ކުނިވަމުންދާ" ކަމަށް އދ ގެ ވެރިޔާ ވަނީ ވިދާޅުވެފައެވެ. އިޒްރާއިލްއިން ޣައްޒާއަށް އެހީ ވަނުން ހުއްޓުވާފައިވާތާ މިހާރު ވަނީ 10 ދުވަސްވެފައެވެ.

އދ ގެ އިންސާނީ ހައްޤުތަކާބެހޭ އޮފީހުގެ ވެރިޔާ ޓޮމް ފްލެޗަރ އަދ ގެ ސަލާމަތީ މަޖިލިހަށް މަޢުލޫމާތު ދެމުން ވިދާޅުވީ ޣައްޒާއަށް ކާބޯތަކެތި އެތެރެކުރެވޭނެ ހުރިހާ މަގެއް އިޒްރާއިލްވަނީ ބަންދުކޮށްފައި ކަމުގައެވެ. އެހެންކަމުން ބޯޑަރުކައިރީގައި ތާޒާ ކާނާތައް ކުނިވަމުން ދާ ކަމަށާއި, ޣައްޒާއަށް ބޭނުންވާ މުހިއްމު ސިއްހީ ސާމާނުވެސް ނުވެއްދި ހުރިއިރު ބޭސްތައްވެސް ބޯޑަރު ކައިރީގައި ހުރެގެން ހަލާކުވަމުން ދާކަމުގައެވެ.

"އިންސާނުންގެ ފުރާނަ ސަލާމަތްކުރަން ބޭނުންވާ ކާނާއި, ބޯފެން އަދި ބޭސް އެބަޔަކަށް ނުދީ ހިފެހެއްޓުމަކީ ބައިނަލްއަޤުވާމީ އިންސާނީހައްޤުތަކާ ގުޅޭ ޤާނޫނު ހުއްދަކުރާކަމެއް ނޫން. ބައިނަލް އަޤްވާނީ ދުނިޔެއިން އެޤާނޫނު ތަންފީޒުކުރުމަށް އިޒްރާއިލްއަށް ބާރުއަޅަން ޕްރެޝަރ ކުރަންޖެހޭ" އެކްސްގައި ފްލެޗަރ ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވެއެވެ.

ފްލެޗަރ މިހެން ބުނެފައިވާއިރު އދ ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ގެ 5,700 ޓަނުގެ ކާބޯތަކެތި ތައްޔާރީ ހާލަތުގައި ޣާއްޒާއަށް އެތެރެނުކުރެވު ބޯޑަރުގައި ތާށިވެފައި ހުރިކަމުގައި ހުކުރު ދުވަހު އެފަރާތުން ވަނީ ހާމަކޮށްފައެވެ. އެއީ ޣައްޒާގައި އެ ޖަމާއަތުގެ އޮޕަރޭޝަންތައް ދެ ހަފުތާއަށް ކުރިއަށް ގެންދެވޭނެ އަދަދެކެވެ.

Advertisement
Advertisement

ޣައްޒާ ބްލޮކޭޑާއި އެކު ޣައްޒާގެ އެތެރޭގައި ލިބެންހުރި މަދު ދަޅުކާނާގެ ބާވަތްތަކުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު ފުށާއި, ދަޅުކާނާ އަކީ ޣައްޒާގެ ރައްޔިތުން މިހާރު ދިރިހުރިމަށް ބަރޯސާވާންޖެހިފައިވާ ކާނާއެވެ. ނަމަވެސް  25 ކިލޯ ގެ ފުއްބަސްތާއެއްގެ އަގު މިހާރުވަނީ 400 އިންސައްތަ އުފުލިފައެވެ. ދަޅުކާނާގެ ބާވަތްތައްވެސް ވަނީ އިންތިހާއަށް މަދުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow