
އޭޑީކޭ ގްރޫޕްގެ ޔޮޓް އަލިފާން ރޯވެ އަޑިއަށް ހިނގައްޖެ
އޭޑީކޭ ގްރޫޕްގެ ޔޮޓް އަލިފާން ރޯވެ އަޑިއަށް ހިނގައްޖެއެވެ.
އޭޑީކޭ ގްރޫޕުން ހިންގާ 'ނަވައިމާ' ނަމަކަށް ކިޔާ ޔޮޓްގައި އަލިފާން ރޯވެ އަޑިއަށް ދިޔައީ
ރީތިރަށް ރިސޯރޓާ ދިމާ ފަސް މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެޔޮޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ މައްސަލައިގެ ރިޕޯރޓް ލިބުނީ ބުދަ ދުވަހުގެރޭ ފަތިހު 3:43 ހާއިރު ކަމަށެވެ.
ޔޮޓްގައި އެވަގުތު 5 މީހަކު ތިބި ކަމަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ފުލުހުން ވިދާޅުވިއެވެ. އޭގެތެރެއިން އެކަކު ފިހިގެން ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ ހާދިސާ ތަހުގީގު ކުރަމުންދާކަމަށެވެ.
ރިއެކްޝަންސް






