ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: މެންދުރު 12 އާ ހަމައަށް 26 އިންސައްތަ މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: މެންދުރު 12 އާ ހަމައަށް 26 އިންސައްތަ މީހުން ވޯޓުލައިފި

2 hours ago - 13:15

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހަރަކާތްތައް ވަރަށް އޮމާންކަމާއެކު ކުރިއަށްދާއިރު، މެންދުރު 12:00 ޖެހުމާ ހަމައަށް އެ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 26 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.


އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މެންދުރުގެ ނިޔަލަށް ޖުމްލަ 1,080 މީހުން ވަނީ ވޯޓުލާފައެވެ. މިއީ އެ ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 26.21 އިންސައްތައެވެ. ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 529 ފިރިހެނުންނާއި 551 އަންހެނުންނެވެ.


ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 4,121 މީހަކަށް ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 2,073 އަންހެނުންނާއި 2,048 ފިރިހެނުންނެވެ.


މި އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތުން ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 ޖެހުމާ ހަމައަށެވެ. ކޮމިޝަނުން ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ ރައްޔިތުންވެސް ވީހާވެސް އަވަހަކަށް ވޯޓުލުމުގެ މަރުކަޒުތަކަށް ވަޑައިގެން ވޯޓުލުމުގެ ހައްގު އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow