ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިމުމަކަށް، މިއީ ރައީސް މުޢިއްޒުގެ ހަރުދަނާ ތަޞައްވުރުގެ ރަމްޒެއް: މެންބަރު އިއްބެ

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިމުމަކަށް، މިއީ ރައީސް މުޢިއްޒުގެ ހަރުދަނާ ތަޞައްވުރުގެ ރަމްޒެއް: މެންބަރު އިއްބެ

11 hours ago - 14:03

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމުމަކާ ގާތްވަމުންދާއިރު، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި، ތަރައްޤީގެ ހަރުދަނާ ތަޞައްވުރު ރަމްޒުކޮށްދޭ މުހިންމު މަސައްކަތެއް ކަމަށް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.


މެންބަރު އިއްބެ ވިދާޅުވީ، މި މަޝްރޫޢު ނިމުމުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުގެ ނިޒާމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ޤައުމުގެ ކުރިމަގު އުޖާލާކުރަނިވި ދެމެހެއްޓެނިވި ތަރައްޤީއެއް ގެނައުންކަމަށް މެންބަރު އިއްބެ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނެފައިވަނީ، މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މީގެ ތެރޭގައި އެއްގަމު ތޮށީގެ ކެޕިންގ ކޮންކްރީޓްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާލާފައެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މަގުގެ ސަބް-ބޭސް އަދި އޭބީސީ އެޅުމުގެ މަސައްކަތްތައް މި މަހުގެ 12 ވަނަ ދުވަހަށް މުޅިން ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި ސެގްމަންޓް 2 އާއި 3 ގައި ތާރުއެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢަކީ 700 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި، މަގު ފުޅާކުރުމަށްޓަކައި 610 މީޓަރުގެ އެއްގަމު ތޮށިލުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢެކެވެ. މީގެ އިތުރުން، މަގުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ހިނގާ މީހުންނަށް ޚާއްޞަ ޕޭމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow