ސްކޫލްތަކުގެ މަރާމާތަށް 30 މިލިޔަން ރުފިޔާ. ފުދޭވަރެއްބާ!

ސްކޫލްތަކުގެ މަރާމާތަށް 30 މިލިޔަން ރުފިޔާ. ފުދޭވަރެއްބާ!

ސްކޫލްތަކުގެ މަރާމާތަށް 30 މިލިޔަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެ

8 months ago - 11:59
Jan 10, 2024 - 08:46

ސްކޫލްތަކުގެ މަރާމާތަށް 30 މިލިޔަން ރުފިޔާ ހަމަޖައްސަވާފައިވާ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މީޑިއާގައި ވާހަކަ ދައްކަވަމުން ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢު ވިދާޅުވީ ސްކޫލްތަކުގެ މަރާތަށް ބޭނުންވާ 30 މިލިޔަން ރުފިޔާ ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ސްކޫލްތަކުގައި ކުރަން ހުރި މަރާމާތުތައް ދެނެގަތުމަށްފަހު މަރާމާތު ކުރަން ޖެހޭ ސްކޫލްތަކަށް ފައިސާ ކަނޑައަޅާ އެމަސައްކަތް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މަރާމާތުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ސްކޫލްތަކަށް ހަމަޖެހުމުން އެކަށީގެންވާ ބާރު މިނެއްގައި ސްކޫލްތަކުގައި މަރާމާތުގެ މަސައްކަތްތައް ފެށިގެން ދާނެ. މިސާލަކަށް ފުރާޅު ހަލާކުވެ ކްލާސްރޫމަށް ވާރޭވެހޭ ކަމުގައި ވަނީނަމަ އެކަން ހައްލުކުރުމަށް އިސްކަން ދޭނެ. ކުޑަދޮރުތައް ހަލާކުވެފައި ހުރިނަމަ އެ ރަނގަޅު ކުރުމަށް އިސްކަން ދޭނެ. ފަންކާފަދަ ވަޞީލަތްތައް ހަލާކުވެފައި ހުރިނަމަ އެކަމަށް އިސްކަން ދޭނެ." ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއިލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަރާމާތުގެ މަސައްކަތް ކުރުމަށްޓަކައި ހުރިހާ ސްކޫލެއްގެ ޙާލަތު ދެނެގަތުމަށް މަސައްކަތްކުރެއްވި ކަމަށެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވީ ސްކޫލުގައި ރައްކާތެރިކަމާއި ހިތްހަމަ ޖެހުމާއެކު ކިޔެވުމަށް ބޭނުންވާނެ ފަދަ ކަމެއް ނެތިފައި އޮތްނަމަ އެކަމެއް ހައްލުކުރުމަށްކަމަށެވެ.

ވަޒީރު ވިދާޅުވީ މިސަރުކާރު ހަވާލުވިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސްކޫލްތަކުގައި ތަފާތު 107 މަޝްރޫޢެއް ފަށްޓަވާފައި އޮތްކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މަޝްރޫޢުތަކުގައި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ހުއްޓިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތްތަނުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީއާއި އިމާރާތް ކުރުމާ ބިނާރާ ބެހޭ ވުޒާރާއާއެކު ސްކޫލް އެޅުމުގެ ސްޓޭންޑަރޑްތަކެއް ކަނޑައަޅައި އެކަމަށް ހައްލެއް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow