މިވަގުުތު ސަޕޯޓަރުންނަށް ދެވެން އޮތް ހަދިޔާއަކީ ޔުރޮޕާ ލީގު: އަމޮރިމް
ޔުނައިޓަޑްގެ ކޯޗު އަމޮރިމް ނޫސް ކޮންފަރެންސްގައި. ފޮޓޯ: ޓީމްޓޯކް

މިވަގުުތު ސަޕޯޓަރުންނަށް ދެވެން އޮތް ހަދިޔާއަކީ ޔުރޮޕާ ލީގު: އަމޮރިމް

8 hours ago - 10:37
May 9, 2025 - 10:43

މެންޗެސްޓަރ ޔުނައިޓަޑުގެ ސަޕޯޓަރުންނަށް މިވަގުތު ދެވެން އޮތް ހަމައެކަނި ހަދިޔާއަކީ ޔުރޮޕާ ލީގު ކަމަށާއި, އެ ލީގު ސަޕޯޓަރުންނަށް ހޯދައިދޭނެކަމަށް ޔުނައިޓަޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ. 

އަމޮރިމް މިހެންބުނީ ބުރާސްފަތި ދުވަހު ޔުރޮޕާ ލީގުގެ ސެމީފައިނަލްގެ ދެވަނަގެ ލެގު ފަހަތުން އަރާ ފަސޭހަ ކަމާއެކު 4-1 (7-1 ގެ އެގްރެގޭޓުން) އެތްލެޓިކޯ ބިލާބާއޯގެ މައްޗަށް ކާމިޔާބު ހޯދާ, ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމަށް ފަހުއެވެ. މެއި 21 ގައި ބިލްބާއޯގެ ސެން މޭމްސްގައި އޮންނަ ފައިނަލްގައި ޔުނައިޓަޑް ވާދަކުރާނީ ޓޮޓްނަމް ހޮޓްސްޕަރ އާއެވެ.

މިއީ ޔުނައިޓަޑުން ހޭދަކުރަމުންދާ އާދަޔާހިލާފަށް ދަށް ސީޒަނުގައި އަމޮރިމް އަށް ކްލަބާއެކު ތައްޓެއް ހާސިލްކުރުމާ ގާތަށްވެސް ދެެވޭނެ ހަމައެކަނި ފުރުޞަތެވެ. ޕޯޗުގަލްގެ ކޯޗު, އަމޮރިމް ވަނީ ސަޕޯޓަރުންނަށްޓަކައިވެސް މިތަށި އުފުލާލުމަށް ކުޅުންތެރިންގެ ކިބައިން އެދިފައެވެ.

"އެއީ ސަޕޯޓަރުންނަށްޓަކައި މިސީޒަނުގައި އަހަރެމެންނަށް ކޮށްދެވެން އޮތްކަމަކީ. ވަރަށް ބުރަ ސީޒަނެއް މިއީ. ނަމަވެސް ކުޅުންތެރިންވެސް ތިބީ އަޒުމުގައި މިތަށި ކާމިޔާބުކުރަން. އަހަރެމެން ވައުދުވަން ސަޕޯޓަރުންނަށް މިކާމިޔާބީ ހޯދައިދޭން. ފައިނަލްއާއެކު އަހަރެން މިހާރުވެސް ވަރަށް ސްޓްރެސްވެފަ މިހުންނަނީ" ޓީއެންޓީ ސްޕޯޓްސްއަށް ދިން އިންޓަވިއެއްގައި އަމޯރިމް ބުންޏެވެ.

Advertisement
Advertisement

ޔުނައިޓަޑްގެ ކޯޗު އަމޮރިމްއެކޭ އެއްގޮތަށް ސްޕަރސްގެ ކޯޗު އޭން ޕޮސްޓެކޮގްލޫވެސް ހުރީ ފައިނަލްއާމެދު ހާސްވެ, ޕްރެޝަރުގައެވެ. ނަމަވެސް ސްޕަރސް އިން ވަނީ މިސީޒަނުގައި ތިން ފަހަރު ޔުނައިޓަޑް ބަލިކޮށްފައެވެ. އެއީ ޕްރިމިއަރ ލީގުގައި ދެފަހަރު, އަދި އިނގިރޭސި ލީގުގައި ކަޕްގައި އެއްފަހަރެވެ. 

ރޭގެ މެޗު ޔުނައިޓަޑުން ކާމިޔާބު ކުރީ ބިލްބާއޯއިން 1 ގޯލް ކާމިޔާބުކޮށްފައިވަނިކޮށް ފަހަތުން އަރައެވެ. 31 ވަނަމިނިޓްގައި ބިލްބާއޯގެ މިކޭލް ޖައުރެޒީގާގެ ގޯލާއެކު މެޗުގެ ފަހު 20 މިނިޓްއާ ހަމައަށްވެސް ނަތީޖާ އޮތީ 1-0 ން ބިލްބާއޯ ކޮޅަށަށެވެ.

ޔުނައިޓަޑްގެ ފުރަތަމަ ގޯލް 72 ވަނަ މިނިޓްގައި ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްދިނީ މޭސަން މައުންޓް އެވެ. ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުޞަތުގައި މެޗުގެ 80 ވަނަ މިނިޓްގައި ޔުނަޓަޑަށް ލީޑު ނަގައިދިނީ ކަސެމީރޯއެވެ. އޭގެ ފަސް މިނިޓް ފަހުން ރަސްމުސް ހޮއިލުންޑް ވަނީ އިތުރު ގޯލެއް ޖަހާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރުވަގުތުގެ ފުތަރަމަ މިނިޓްގައި ޔުނައިޓަޑް ގެ ހަތަރުވަނަ ގޯލްވެސް ކާމިޔާބުކުރީ މައުންޓްއެެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow