އެއާ އެމްބިއުލަންސްގެ ޚިދުމަތަށް އަހަރެއް, 787 ދަތުރު ކުރި!
އެއާ އެމްބިއުލާންސްގެ ޚިދުމަތަށް އެއް އަހަރު ފުރުން ވަނީ ފާހަގަކޮށްފަ

އެއާ އެމްބިއުލަންސްގެ ޚިދުމަތަށް އަހަރެއް, 787 ދަތުރު ކުރި!

931 ބަލިމީހުން އުފުލި

11 days ago - 12:06
Mar 19, 2025 - 12:08
Advertisement
Advertisement

މޯލްޑިވިއަންގެ އެއާ އެމްބިއުލަންސްގެ ޚިދުމަތަށް އަހަރެއް ފުރި އެކަން ފާހަގަކޮށްފިއެވެ. ބަލިމީހުން ވައިގެ މަގުން އުފުލުމަށް މިސަރުކާރުން އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ މާރިޗް މަހުގެ 1 ވަނަ ދުވަހުއެވެ.

    މޯލްޑިވިއަންގެ އެއާ އެމްބިއުލާންސްގެ ޚިދުމަތުގެ ފުރަތަމަ އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުން 931 ބަލިމީހުން އުފުލި ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ. ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލާންސްއިން ވަނީ  787 ދަތުރު ކޮށްފައެވެ.

   އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ބޭނުންކުރަނީ ޑޭޝް 8 މާކާގެ އެއަރކްރާފްޓެކެވެ. މި ޚިދުމަތް ދިނުމަށް 15 މުވައްޒަފުން ތަމްރީނު ކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ވިދާޅިވިއެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ. 

ޚިދުމަތުގެ ފުރަތަމަ އަހަރު ފާހަގަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހަފްލާއެއްގައި ޓޫރިޒަމް މިނިސްޓަރ މުޙައްމަދު އަމީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އަމީން ވިދާޅުވެފައިވަނީ އެއާ އެމްބިއުލާންސްގެ ޚިދުމަތުން ދިވެހިރާއްޖޭގައި މެޑިކަލް އިވެކުއޭޝަންގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސްދީފައިވާ ކަމަށެވެ. އަދި މޯލްޑިވިއަން އިން ހިންގާ މި ޚިދުމަތަކީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ކަމަށާއި، މި ޚިދުމަތަށް ބޭނުންކުރާ މަތިންދާބޯޓު ވަނީ ބޮމްބާޑިއަރގެ ހުއްދައާއެކު އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ބަދަލުކުރެވިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޚިދުމަތަކީ އެކަށީގެންވާ ވަސީލަތްތަކާއި އެކު 24 ގަޑިއިރު މެޑިކަލް ޕްރޮފެޝަނަލުން ތިބޭ ޚިދުމަތެއް ކަމަށާއި، މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިކަން ފައްޓަވައިދެއްވީތީ ވަޒީރު ވަނީ ރައީސުލްޖުމްހުރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement