ޣައްޒާއިން އެއް ދުވަސް ތެރޭގައި 400 މަރު, ނަތަންޔާހޫ ބުނީ މިއީ ފެށުމެއް ކަމަށް
ޝަހީދުވެފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑާއެކު އާއިލާއިން ހިތާމަކުރަނީ. ފޮޓޯ: އަލްޖަޒީރާ

ޣައްޒާއިން އެއް ދުވަސް ތެރޭގައި 400 މަރު, ނަތަންޔާހޫ ބުނީ މިއީ ފެށުމެއް ކަމަށް

4 days ago - 02:29
Mar 19, 2025 - 08:11

ހަމަލާތައް މެދުކަނޑާލުމާބެހޭ މަޝްވަރާތައް ކުރިއަށް ދަނިކޮށް މިއަދު އިޒްރާއިލްއިން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް, 500 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފިއެވެ. މަޝްވަރާތައް ކުރިއަށްދަނިކޮށް އިޒްރާއިލްއިން ހަމަލާތައް އަލުންފަށާ, އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސްއަށް އިންޒާރު ދީފައެވެ.

ހަމާސްއަށް ރައްދުކޮށް ދިން ވީޑިއޯ މެސެޖެއްގައި ނަތަންޔާހޫ ބުނެފައި ވަނީ މިއީ އަދި ފެށުމެއް ކަމަށާއި, ދެން މަޝްވަރާތައް ކުރިއަށް ގެންދަންޖެހޭނީ އަލިފާނުގެ ދަށުގައި ކަމުގައެވެ.

މިއަދު ހެނދުނު ހެނދުނާ ދޭންފެށި ހަމަލާތަކުގައި އާންމުންގެ އެތައްބައެއް ޝަހީދުވެފައިވާއިރު, ޝަހީދުވި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ. ބައެއް އާއިލާތައް އެއްކޮށް ނެތިގޮސްފައިވާއިރު, ޒަހަމްވެފައިވާ މީހުން ސަލާމަތްކުރުމަށް ލޭހަދިޔާކުރުމަށް ސިއްހީ އިދާރާތަކުންވަނީ އާންމުންނަށް އިލްތިމާސްއެއްކޮށްފައެވެ.

އިޒްރާއިލްއިން އިއްޔެ ކުއްލިއަކަށް ޣައްޒާއަށް ހަމަލާތައް ދޭންފަށާފައި މިވަނީ ޣައްޒާގެ ރައްޔިތުން ނިދާފައިތިއްބާ އެއްވެސް އިންޒާރެއްވެސް ދިނުމެއްނެތިއެވެ. މި ކުއްލި ހަމަލާތައް އދ ން ވަނީ ކުށްވެރިކޮށްފައެވެ. ޣައްޒާއިން އާންމުވެފައިވާ އެތައް ވީޑިއޯ ފޫޓޭޖެއްގައި ޣާއްޒާގެ ރައްޔިތުން އެމީހުންގެ ލޯބިވާ މީހުން ދިރިތިއްބާ ފެނޭތޯ ކޮޅުކޮޅޫމައްޗަށް ދުވާ އަސަރުގަދަ މަންޒަރު ފެނެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow