
މިއަހަރު މާލޭ ސަރަހައްދުގެ 4 ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެ
މާލޭގެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑުޖަމާޢަތުގައި މިއަހަރުގެ ފިޠުރު ޢީދު ނަމާދު ކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމާއި، ވިލިމާލޭ ބޯޅަދަނޑާއި، ހުޅުމާލޭގެ ސިންތަޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކްރިކެޓް ސްޓޭޑިއަމުގައެވެ.
މާލެ ސަރަހައްދުގެ 4 ތަނުގެ އިތުރުން ޖުމްލަ 27 ތަނެއްގައި ޢީދު ނަމާދު ކުރާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ ތެރޭގައި މާލޭގެ އެކި މިސްކިތްތަކާއި، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތައް ހިމެނެއެވެ.
މާލެ ސަރަހައްދުގައި ފިޠުރު ޢީދު ނަމާދު ކުރާނެ ތަންތަން
- މާފަންނު ސްޓޭޑިއަމް
- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
- މަސްޖިދުލްމަލިކި ސަލްމާން (ކިންގް ސަލްމާން މިސްކިތް)
- މަސްޖިދުލްފުރުޤާން
- މަސްޖިދުއްނޫރު
- މަސްޖިދުއް ޝަޙީދު ޢަލީ
- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
- މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)
- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް
- މަސްޖިދު އިސްކަންދަރު
- ވަގުތީ މިސްކިތް ( ބޮޑުގެ )
- މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)
- މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
- މާފަންނު އާމިސްކިތް
- ވިލިމާލެ ބޮޑުޖަމާޢަތް ( ވިލިގިލި ބޯޅަދަނޑު)
- މަސްޖިދުއްސަލާމް
- ހުޅުމާލެ ސިންތަޓިކް ޓްރެކް
- މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)
- މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
- މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
- ހުޅުމާލެ ބޮޑުޖަމާޢަތް (ކުރިކެޓް ސްޓޭޑިއަމް) (ހުޅުމާލެ ފޭސް 2)
- މަސްޖިދު ޙަސަން އާދަމް (ހުޅުމާލެ ފޭސް 2)
- މަސްޖިދު އަބީބަކުރިނިއްޞިއްދީޤް (ފޭސް 2 ހުޅުމާލެ)
މިއަހަރުގެ ފިޠުރު ޢީދު ނަމާދު ކުރާނީ ހެނދުނު 7:00 ގައެވެ. މިއީ މިދިޔަ އަހަރުގެ ފިޠުރު ޢީދުން ފެށިގެން ބަދަލުކުރެވުނު ގަޑިއެކެވެ. މީގެ ކުރިން ޢީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30 ގައެވެ.
ގަޑި ބަދަލުކުރި ސަބަބެއްގެ ގޮތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށްވާތީއާއި، ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއެވެ.
ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މި މަހުގެ 31ވަނަ ދުވަހެވެ.
ރިއެކްޝަންސް






