މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

6 hours ago - 18:13
Advertisement
Advertisement

މާލޭގެ އުތުރު ފަރާތު ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެ ސަރަހައްދުގައި ފިންގަރ ޖެޓީތަކެއް ހެދުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.


މިއީ ޖުމްލަ 18.98 މިލިއަން ރުފިޔާގެ ބަޖެޓަކުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން، 15 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މަސައްކަތް އެއްކޮށް ނިމޭއިރު، މާލޭ އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި ޖުމްލަ 6 ފިންގަރ ޖެޓީ ގާއިމުކުރެވިގެންދާނެއެވެ.


މި މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، މި ޖެޓީތަކުގެ މަސައްކަތް ނިމުމުން އެ ސަރަހައްދު ބޭނުންކުރާ އާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ޒަމާނުއްސުރެ ބަނދަރު މަތީގައި އޮންނަ ތޮއްޖެހުމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.


ހާއްސަކޮށް، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އެރުމަށްޓަކައި އެއް ލޯންޗުން އަނެއް ލޯންޗަށް ހުރަސްކޮށް އަރަންޖެހުމުގެ ސަބަބުން އުފުލަންޖެހޭ ތަކުލީފުތަކާއި ދަތިތަކަށް މި މަޝްރޫއާއެކު ދާއިމީ ނިމުމެއް އަންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. މިއީ ކުޑަކުދިންނާއި، ދޮށީ އުމުރުގެ އިސްރަށްވެހިންގެ އިތުރުން، ގިނަ އަދަދަކަށް ލަގެޖް ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ރައްކާތެރިކަމަކާއި ލުޔެކެވެ.
މީގެއިތުރުން، މި ޖެޓީތައް ގާއިމުކުރެވުމުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ޖާގަ ލިބި، އެއްފަހަރާ ގިނަ އަދަދެއްގެ އުޅަނދުތަކަށް ޖެޓީއާ ކައިރިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ ސަބަބުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް މީހުން އަރައި ފޭބުމުގައި އިތުރު ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި 1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ އަދި އިޖުތިމާއީ ގިނަގުނަ މަޝްރޫއުތަކެއް ވަނީ ކާމިޔާބުކަމާއެކު ހިންގާ ނިންމާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement