ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ އޮޕަރޭޝަން ފަށައިފި

ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ އޮޕަރޭޝަން ފަށައިފި

6 hours ago - 19:23
Advertisement
Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވާ ބައިނަލްއަގުވާމީ ބޮޑު އޮޕަރޭޝަނެއް ކަމަށްވާ "އޮޕަރޭޝަން ފްރޮންޓިއަރ+ III" ރަސްމީކޮށް ފަށައިފިއެވެ.

މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން، ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ ތިންވަނަ ބޮޑު އޮޕަރޭޝަނެވެ.

ފުލުހުން ބުނި ގޮތުގައި، މި އޮޕަރޭޝަނަކީ ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި މާލީ ކުށްތަކާ ދެކޮޅަށް ހިންގޭ ހަރަކާތެކެވެ. މި އޮޕަރޭޝަން ހިންގާ "ފްރޮންޓިއަރ+ އެލަޔަންސް" ގައި ރާއްޖެ ހިމެނޭހެން ޖުމުލަ 13 ގައުމެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑް ހިމެނެއެވެ.


މި އެލަޔަންސްގެ މައިގަނޑު ބޭނުމަކީ ޓްރާންސްނޭޝަނަލް ސްކޭމްތައް ހުއްޓުވުމަށްޓަކައި، އެކި ގައުމުތަކުގެ ތަންފީޒީ އިދާރާތައް ގުޅިގެން ރިއަލް-ޓައިމްކޮށް މައުލޫމާތު ހިއްސާކުރުމާއި ސްކޭމް ވިއުގަތައް ނައްތާލުމެވެ.

Advertisement
Advertisement


ފުލުހުން ބުނީ މި އޮޕަރޭޝަން މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށް ބިނާވެފައިވާ ކަމަށެވެ. އެއީ:

- ވަގުތުން ފިޔަވަޅު އެޅުމާއި، ޝައްކުކުރެވޭ އެކައުންޓްތައް ދެނެގަނެ ފައިސާގެ މުއާމަލާތްތައް ހުއްޓުވުން.
- އިންޓެލިޖެންސް ހިއްސާކުރުމާއި، އަލަށް އުފެދޭ ސްކޭމް އުކުޅުތަކުގެ މައުލޫމާތު ބަދަލުކުރުުން.
- ޑޭޓާގެ އަލީގައި ސްކޭމްތަކުގެ ފަރުމާ ދެނެގަނެ، ފައިސާ އަނބުރާ ހޯދޭނެ ފުރުސަތުތައް ފަހިކުރުން.
- ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކޮށް ބޯޑަރު ހުރަސްކޮށް ހިންގާ ތަހުގީގުތައް ހަރުދަނާކުރުން.

މި އޮޕަރޭޝަންގެ ދަށުން އިންވެސްޓްމަންޓް ސްކޭމް، ރޮމޭންސް ސްކޭމް، އީ-ކޮމާސް، ޖޮބް ސްކޭމް، ލޯން ސްކޭމް، ފިޝިންގ އަދި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ހިންގާ ސްކޭމްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.


މި އޮޕަރޭޝަން ކުރިއަށްދާނީ 2026 މާރިޗު 10 އިން ފެށިގެން މެއި 7 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އޮޕަރޭޝަންގެ ނަތީޖާ މެއި 13 ގައި ހުށަހެޅުމަށް ފަހު، މުޅި އޮޕަރޭޝަންގެ ޖުމުލަ ނަތީޖާ ހާމަކުރުމަށް ބާއްވާ ބައިނަލްއަގުވާމީ ޕްރެސް ކޮންފަރެންސް މެއި 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައެވެ. މި ބްރީފިންގގައި ހައްޔަރުކުރެވުނު މީހުންނާއި ފްރީޒްކުރެވުނު ފައިސާގެ ތަފާސްހިސާބުތައް އާންމުކުރާނެއެވެ.


ނިމިދިޔަ އަހަރުގެ އޮޕަރޭޝަންގައި ވެސް ރާއްޖެއިން ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ދިވެހި ފުލުހުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާތީ، މިއަހަރުގެ އޮޕަރޭޝަނާއެކު މި މަސައްކަތް އިތުރަށް ވަރުގަދަވާނެ ކަމަށް ފުލުހުން ބުންޏެވެ.                   

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement