އެއްވެސް ފަރާތަކަށް ލިބިފައިވާކަމަށް ކަނޑައެޅި ފްލެޓެއް އެހެން ފަރާތަކަށް ދޭނީ ޝަކުވާގެ ފުރުޞަތު ދިނުމަށްފަހު- މިނިސްޓްރީ
މިނިސްޓަރ ޢަބްދުالله މުއްޠަލިބު, ގޯހެއް ނަހަދާކަމުގެ ޔަގީންކަން ދެއްވި: ފޮޓޯ-ރައީސް އޮފީސް

އެއްވެސް ފަރާތަކަށް ލިބިފައިވާކަމަށް ކަނޑައެޅި ފްލެޓެއް އެހެން ފަރާތަކަށް ދޭނީ ޝަކުވާގެ ފުރުޞަތު ދިނުމަށްފަހު- މިނިސްޓްރީ

13 hours ago - 13:43
Mar 9, 2025 - 13:55
Advertisement
Advertisement

އެއްވެސް ފަރާތަކަށް ލިބިފައިވާކަމަށް ގެޒެޓްކޮށްފައިވާ ފްލެޓެއް އެހެން ފަރާތަކަށް ދޭނީ ޝަކުވާގެ ފުރުޞަތު ދިނުމަށްފަހު ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެވުޒާރާއިން މިޔަގީންކަން ދިނީ މިއަދު ޢާއްމުކުރެއްވި ނޫސްބަޔާނެއްގައެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ސަރުކާރުން ޢާއްމުކުރެއްވި ފްލެޓް ލިސްޓާ ގުޅިގެން, އިދިކޮޅު އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ދެއްކި ވާހަކަތަކާ ގުޅިގެން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ޢާއްމުކުރި ނޫސްބަޔާނުގައި ބުނެފައިވަނީ އެމްޑީޕީން ވާހަކަދެއްކީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ފްލެޓް ލިބިފައިވާ އެއްވެސް ފަރާތަކަށް ކަނޑައަޅާފައިވާ ފްލެޓް މިހާތަނަށް އެހެން ފަރާތަކަށް ހަމަޖައްސާފައި ނުވާނެ ކަމަށެވެ. އަދި އެފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބެލުމަށްފަހު ނޫނީ އެހެން އެއްވެސް ފަރާތަކަށް ލިބިފައިވާ ފްލެޓް އެހެން ފަރާތަކަށް ހަވާލުނުކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

އެމްޑީޕީގެ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓްގައި ނުހިމެނޭ ބަޔަކަށްވެސް މިސަރުކާރުން އިއުލާނުކުރި ލިސްޓުން ފްލެޓް ލިބިފައިވާކަމަށް ބުނާ ވާހަކަވެސް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ. މިނިސްޓްރީން ބުނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ނެރުނު ލިސްޓަކީ ފްލެޓް ލިބޭ ވަރަށް މިދިޔަ ސަރުކާރުން ޕޮއިންޓް ދިން ފަރާތްތަކުގެ އިވެލުއޭޝަން ހެދުމަށްފަހު ނެރުނު ލިސްޓެއް ކަމަށެވެ. އެގޮތުން 3 ކޮޓަރި ލިބޭ ކަމަށް ކަނޑައެޅި ލިސްޓަކީ 75 ޕޮއިންޓުން މަތިން ލިބިފައިވާ މީހުންގެ އިވެލުއޭޝަނަށްފަހު ނެރުނު ލިސްޓެއް ކަމަށެވެ. ކުރީ ސަރުކާރުން ކަނޑައެޅީ 76 ޕޮއިންޓުން މަތި ލިބިއްޖެ ނަމަ 3 ކޮޓަރީގެ ފްލެޓް ލިބޭނެ ކަމަށެވެ. އަދި 75 ޕޮއިންޓް ލިބުނު ފަރާތްތައް ގެންދިޔައީ ގުރުއަތަކަށެވެ.

Advertisement
Advertisement

ދެކޮޓަރި ދޭން މިދިޔަ ސަރުކާރުން ނިންމީ 73 ޕޮއިންޓުން މަތި ލިބުނު ފަރާތްތަކަށެވެ. މިސަރުކާރުން އެކެޓަގަރީގެ ލިސްޓް ނެރުނޫ އެއަދަދަށް ޕޮއިންޓް ލިބުނު މީހުންގެ ފޯމްތައް އަލުން އިވެލުއޭޓް ކުރުމަށްފަހުއެވެ.

ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމުގައި އާ އުޞޫލެއްވެސް މިސަރުކާރުން ކަނޑައަޅާފައި ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement