
އަނެއްކާވެސް ސްޓެލްކޯ ސަބްސްޓޭޝަނެއް ތެރޭން ކޭބަލް ބުރިކުރި މައްސަލައެއް
އަނެއްކާވެސް ސްޓެލްކޯ ސަބްސްޓޭޝަނެއް ތެރޭން ކޭބަލް ބުރިކުރި މައްސަލައެއް ތަހުގީގު ކުރަން ޖެހިއްޖެއެވެ.
މިފަހަރު ކުރިމަތިވީ ފަރީދީ މަގު ގަޑިބުރު ކައިރީގައިހުރި ސްޓެލްކޯ ސަބްސްޓޭޝަނަށް ބަޔަކު ވަދެ ކޭބަލް ބުރިކުރި މައްސަލައެކެވެ. އެކަންކުރި ބައެއް ދެނެގަނެވުނު ކަމެއް ނުވަތަ ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެއެވެ. ހަމައެކަނި ވިދާޅުވީ ރޭ 9:46 ހާއިރު ކުރިމަތިވި އެމައްސަލަ ތަހުގީގު ކުރާ ކަމަށެވެ.
ކޭބަލް ވަގަށް ނެގުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން ކުރިމަތިވެއެވެ. އެކަމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައްވެސް ވަނި ހިނގާފައެވެ.
ރިއެކްޝަންސް






