އިނގިރޭސިވިލާތުގައި ޖިންސީ ގޯނާއަށް ހުކުމްކުރި 'ދިވެހި' ކޫޑަލިންގަމަކީ ދިވެއްސެއް ނޫން: އިމިގްރޭޝަން
jޖިންސީ ގޯނާގެ ތުހުމަތުގައި ލަންޑަނުގެ ކޯޓަކުން ހުކުމްކުރި މީހާ / ފޮޓޯ: ސޯސަލް މީޑިއާ

އިނގިރޭސިވިލާތުގައި ޖިންސީ ގޯނާއަށް ހުކުމްކުރި 'ދިވެހި' ކޫޑަލިންގަމަކީ ދިވެއްސެއް ނޫން: އިމިގްރޭޝަން

1 day ago - 20:32
Advertisement
Advertisement

އިނގިރޭސިވިލާތުގެ ކޯޓަކުން ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން ހުކުމްކޮށްފައިވާ "ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެއްސެއް ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރަކީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މިރޭ މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައާ ގުޅިގެން ލަންޑަންގެ ކޯޓަކުން ހުކުމްކޮށްފައިވާ މީހާ އަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑްކޮށްފައިވާ މީހެއް ނޫންކަމަށެވެ.

އިމިގްރޭޝަނުގެ ބަޔާނުގައި ވަނީ މިފަދަ މައްސަލަތަކުގައި ސައްހަ ނޫން މައުލޫމާތު ނުވަތަ ފަރުވާލެއްނެތި ކަމެއް އޮޅިގެން ހިނގައިދާނެ ފަދަ މައުލޫމާތު އެއްވެސް ފަރާތަކުން ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އިމިގްރޭޝަނުން މިފަދަ ބަޔާނެއް ނެރެފައިވާ އިރު، އިނގިރޭސިވިލާތުގެ ކޯޓަކުން ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން ހުކުމްކޮށްފައިވާ "ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެއްސެއް ކަމަށް ބުނެ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement