11 ރަށެއްގެ މަގުހެދުމުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފި
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: ހައުސިންގ މިނިސްޓްރީ

11 ރަށެއްގެ މަގުހެދުމުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފި

8 months ago - 19:09
Aug 7, 2025 - 19:11
Advertisement
Advertisement

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ. 

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޡީމެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވިގޮތުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކުރި ރަށްތަކަކީ ހއ. ތުރާކުނު، ހދ. ނޮޅިވަރަމްފަރު، ހދ. ފިނޭ، ށ. މަރޮށި، ނ. މާފަރު، ބ. ތުޅާދޫ، ބ. ކުޑަރިކިލު، މ. މުލި، ތ. ގުރައިދޫ، ތ. ހިރިލަންދޫ އަދި ތ. ކިނބިދޫ އެވެ.

ދާދިފަހުން ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއްވެސް ވަނީ ސަރުކާރު ކުންފުނިތަކާއި ހަވާލުކޮށްފައެވެ. އަދި 6 ރަށެއްގެ ސިއްހީ މަރުކަޒު ތަރައްގީކުރުމަށް އަމިއްލަ ތިން ކުންފުންޏަކާއި ވެސް ދާދި ފަހުން ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement