މާލެ ފެނު އަޑީގައި
މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި

މާލެ ފެނު އަޑީގައި

މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހއ.ކެލައަށް

1 month ago - 14:03
Aug 13, 2024 - 20:35
Advertisement

މިއަދު މެންދުރުވާން ދަނިކޮށް ފެހެން ފެށި ވާރޭ ނުހުއްޓާ ގިނައިރުވެ, މާލޭގެ ހުރިހާ މަގުތަކެއްގައި ފެންބޮޑުވެއްޖެ އެވެ. މެދުނުކެނޑި ބޯކޮށް ވާރޭވެހި މާލޭގެ އެތެރޭގެ މަގުތަކުގައި ކަކުލުން މައްޗަށް ވަނީ ފެންގަނޑު ބޮޑުވެފައެވެ. ޕާރކްކޮށްފައި ސައިކަލްތަކުގެ ބޮޑުބައި ހުރީ ފެނު އަޑީގައެވެ.

ސްކޫލަށް ދަރިން ގެންދިއުމާއި ޢާއްމު ދިރިއުޅުމުގެ ކަންކަމަށްވެސް ވަނީ ބުރޫއަރާ ފައެވެ.

 

ފެންހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. މީގެއިތުރުން ފުލުހުން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، މާލޭގެ އެކި ހިސާބުތަކާއި ސްކޫލު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Advertisement

 

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށަށްވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންދާތީ ގޭގެއަށްވެސް ފެންވަދެ ޢާއްމު ދިރިއުޅުމަށް ވަނީ ދަތިވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހުނުކަމަށް މޫސުމާބެހޭ އިދާރާގެ ރެކޯޑް ތަކުން ދައްކަލީ ހއ.ކެލައަށެވެ. ކެލައަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 231.5 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ވަނީ ކެލާ އޮޓޮމެޓިކް ވެދާ ސްޓޭޝަނަށް ރެކޯޑް ކުރެވިފައިވާ ކަމަށް މޫސުމާބެހޭ އިދާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. މޫސުމާބެހޭ އިދާރާއިން ބުނީ މިއީ މިހާތަނަށް އޮޓޮމެޓިކް ވެދާ ސްޓޭޝަނަކުން 24 ގަޑިއިރަށް ރެކޯޑްކުރެވިފައިވާ އެންމެ މަތީ އަދަދު ކަމަށެވެ.

މިހަފްތާގައު މޫސުން ވަރަށްބޮޑަށް ގޯސްވާނެތީ މުސުމަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ދުރާލާ އިލްތިމާސް ކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement