ކޮމިޝަނަރ އޮފީހުގެ ހެޑަކަށް މޫސާ އަލީ އައްޔަންކޮށް, ޝިފާން އެހެން ޑިޕާރޓްމަންޓަކަށް
ުފުލުހުންގެ ތަރުޖަމާނު ޝިފާން

ކޮމިޝަނަރ އޮފީހުގެ ހެޑަކަށް މޫސާ އަލީ އައްޔަންކޮށް, ޝިފާން އެހެން ޑިޕާރޓްމަންޓަކަށް

3 hours ago - 14:06
Oct 22, 2024 - 14:06
Advertisement

ކޮމިޝަނަރ އޮފީހުގެ ހެޑަކަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ އައްޔަންކޮށް, ކުރިން އެމަގާމްގައި ހުންނެވި އަހުމަދު ޝިފާން އެހެން ޑިޕާރޓްމަންޓަކަށް ބަދަލުކޮށްފިއެވެ.

ކުރިން ހެޑް އޮފް އޮފީސް އޮފް ދަ ކޮމިޝަނަރގެ މަގާމްގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ބަދަލުކުރެއްވީ ހެޑް އޮފް ސަރވިސް ޑިވެލޮޕްމަންޓް ޑިރެކްޓަރުގެ މަގާމަށެވެ. ކޮމިޝަނަރ އޮފީހުގެ ހެޑަކަށް ހަމަޖެއްސެވި މޫސަ ކުރިން ހުންނެވީ ނ,ރ,ބ,ޅ ގެ ރީޖަނަލް ކޮމާންޑަރަކަށެވެ. މިބަދަލުގެންނެވީ އިއްޔެއެވެ.

ޝިފާން ކޮމިޝަނަރ އޮފީހުގެ ހެޑްގެ މަގާމަށް އައްޔަން ކުރެއްވީ މިސަރުކާރުގައެވެ. އަދި ޝިފާން އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކަށް ބަދަލުކުރެއްވީވެސް މިސަރުކާރުގައެވެ.

މިސަރުކާރު އިންތިޚާބުވިއިރު ޝިފާން ހުންނެވީ އައްޑޫ ސިޓީގައި ޤާއިމްކުރި ޕޮލިސް ކޮލެޖްގެ އިންޗާޖަކަށެވެ. ޝިފާންއަކީ ފުލުހުންގެ ތަރުޖަމާނުވެސް މެއެވެ. އޭނާ ތަރުޖަމާނަކަށް އައްޔަން ކުރެއްވީވެސް މިސަރުކާރުގައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement