މަޑިފުށި ސްކޫލްގެ ދަރިވަރުންނަށް ސެލްފް ޑިފެންސް ކްލާސްތަކެއް ކުރިއަށް ގެންގޮސްފި

މަޑިފުށި ސްކޫލްގެ ދަރިވަރުންނަށް ސެލްފް ޑިފެންސް ކްލާސްތަކެއް ކުރިއަށް ގެންގޮސްފި

މަޑިފުށި ސްކޫލުގެ ސާނަވީ ދަރިވަރުންނަށް ސެލްފް ޑިފެންސް ކްލާސްތަކެއް ކުރިއަށް ގެންގޮސްފި

9 months ago - 10:05
Advertisement

ކޮޅުމަޑުލު މަޑިފުށި ސްކޫލުގެ ސާނަވީ ދަރިވަރުންނަށް "ތައްޔާރު" މި ނަމުގައި ސެލްފް ޑިފެންސްގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މަޑިފުށި ޕޮލިސް ސްޓޭޝަނުން ޑިސެންބަރު 15 އިން 20 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ހަރުދަނާ، ކިޔަމަންތެރި އަދި ފަޚުރުވެރި ދަރިވަރަކު ދިރިއުޅުމުގެ ހާލަތަށް ތައްޔާރުކުރުމަށް ނަފްސު ނުވަތަ ޖިސްމު ދިފާއުކުރުމަށް އަސާސީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން، ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ދިރިއުޅުމުގައި ދިމާވެދާނެ ހާލަތްތަކަށް ދަރިވަރުން  ތައްޔާރުކޮށް އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ތަމްރީނުކޮށްފައިވެއެވެ.

Advertisement

މަޑިފުށި ސްކޫލުގެ 34 ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ސެލްފް ޑިފެންސްގެ އަސާސީ ބައިތަކުގެ ތަމްރީނުތައް ދީފައިވަނީ މަޑިފުށި ޕޮލިހުގައި މަސައްކަތްކުރާ ސެޓިފައިޑް ޓްރެއިނަރުންނެވެ. 

މި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ހަނދާނީލިޔުން ދީފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement