ސްޓޭޓް މިނިސްޓަރު ޝަމްނާޒް ހައްޔަރުކޮށް ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފި
ޝަމްނާޒް: ޝަމްނާޒާއެކު އިތުރު ދެ މީހަކުވެސް ވަނީ ހައްޔަރުކޮށްފައި

ސްޓޭޓް މިނިސްޓަރު ޝަމްނާޒް ހައްޔަރުކޮށް ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފި

އިތުރު ދެމީހަކު ވެސް މި މައްސަލާގައި ވަނީ ހައްޔަރުކޮށްފައި

2 months ago - 19:43
Jun 27, 2024 - 08:18

ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށް، ޖިނާއީ މައްސަލައެއް  ތަހުގީގު ކުރަން ފުލުހުން ފަށައިފި އެވެ. 

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު ވިދާޅުވީ، ޝަމްނާޒް އާއި އިތުރު ދެ މީހެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ތިން މީހުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށް، ތަހުގީގުގެ ބޭނުމަށް ހަތް ދުވަހުގެ މުއްދަތަށް، ބަންދުގައި ބޭތިއްބުމުގެ ހުއްދަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށް ވެސް ފުލުސް އޮފީހުން މަޢުލޫމާތު ދެ އެވެ. ނަމަވެސް މި މައްސަލައިގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް، ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި  ޝަމްނާޒްއާ ގުޅޭ ގޮތުން ބަލަމުން ދަނީ ސިހުރު ހެދި ކަމުގެ މައްސަލައެކެވެ. 

ޝަމްނާޒްއަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ދެ ބޭފުޅުންގެ ދަރިން ވެސް ތިބިއިރު، ރަމީޒު،  ޝަމްނާޒް ވަރިކޮށްފައި ވަނީ ދާދި ފަހުން މިމަހުގެތެރޭގަ އެވެ.

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ޝަމްނާޒްއައި އޭނާގެ ކުރީގެ ފިރިކަލުން އާދަމް ރަމީޒު ތިއްބެވީ،  މާލެ ސިޓީ ކައުންސިލްގެ މެންބަރަކަށެވެ. އޭރު ރައީސް މުޢިއްޒު ހުންނެވީ މާލޭ ސިޓީގެ މޭޔަރަކަށެވެ.

ޝަމްނާޒް ވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުން، އޭނާ އޭރު ހުންނެވި މާލޭސިޓީގެ މެންބަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެއީ ސަރުކާރުގެ ސިޔާސީ މަގާމަށް ވަޑައިގެންނެވުމަށްޓަކަ އެވެ. އެގޮތުން ރައީސް މުޢިއްޒު ޝަމްނާޒް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި މުލީއާގެއަށެވެ.

ޝަމްނާޒް ރިޔާސީ ގަނޑުވަރު މުލީއާގެ އިން ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓްގެ މިނިސްޓަރަކަށް އައްޔަންކުރެއްވީ މީގެ ދެމަހެއްހާ ދުވަސް ކުރިންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow