ޚަރަދު ކުޑަކޮށް އާމްދަނީ އިތުރު ކުރުމަށް ޚާއްސަ ސިޔާސަތެއް ރައީސް މުއިއްޒު އެކުލަވާލައްވަނީ

ޚަރަދު ކުޑަކޮށް އާމްދަނީ އިތުރު ކުރުމަށް ޚާއްސަ ސިޔާސަތެއް ރައީސް މުއިއްޒު އެކުލަވާލައްވަނީ

ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

4 months ago - 08:09
Jun 27, 2024 - 18:23

ޚަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސްއިން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ދިވެހިރާއްޖޭގެ އިޤްތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް- ކޮމިޓީއަކުން ކުރިއަށް ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަދުކުރެއްވުމުގެ މަސައްކަތްވެސް ވަނީ ފައްޓަވާފައެވެ.

އެގޮތުން ވޭތުވެދިޔަ ހަފްތާތެރޭ ވަޒީރުންގެ ނައިބުން ފެންވަރުގެ ބައެއް ބޭފުޅުން ވަނީ މަގާމުން ވަކި ކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow