ބިލިއަނުން ފެނަކަ ދަރުވާލާފަ ކުރީގެ އެމް.ޑީ ގޭގައި ހުންނަ ހުރުން ބަލައެއް ނުގަނެވޭ: މެންބަރު އިއްބެ

ބިލިއަނުން ފެނަކަ ދަރުވާލާފަ ކުރީގެ އެމް.ޑީ ގޭގައި ހުންނަ ހުރުން ބަލައެއް ނުގަނެވޭ: މެންބަރު އިއްބެ

4.3 ބިލިއަން ރުފިޔާއިން ފެނަކަ ދަރުވާލާފަ އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރކެޓަރ ގޮސް ގޭގައި ހުންނަ ހުރުން ބަލައި ނުގަނެވޭ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވިދާޅުވެއްޖެއެވެ.

4 months ago - 13:16
Jun 26, 2024 - 14:00

4.3 ބިލިއަން ރުފިޔާއިން ފެނަކަ ދަރުވާލާފަ އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރކެޓަރ ގޮސް ގޭގައި ހުންނަ ހުރުން ބަލައި ނުގަނެވޭ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވިދާޅުވެއްޖެއެވެ.

ފެނަކައިގެ ހާލަތާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަކަށް ބަހުސް ކުރައްވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ހުސައިން ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުން ފެނަކައިން 60 ޕްރޮޖެކްޓެއް ހިންގުމަށް 923 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އޭގެ ތެރެއިން މިދިޔަ ސަރުކާރުގައި ނިންމާފައިވަނީ 14 ޕްރޮޖެކްޓެއް ކަމަށާއި އެއީ އިންސައްތައިން ބަލާނަމަ ފަންސަވީސް އިންސައްތަ ކަމަށް މެންބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 36.9 މިލިއަން ރުފިޔާގެ ބަޖެޓެއް ހުސްކޮށްލައިގެން ފެނަކައަށް ނިންމާލެވިފައިވަނީ ފުވައްމުލަކު އިންޖީނުގޭގެ ސާޅީސް ފަސް އިންސައްތަ ކަމަށެވެ.

އިއްބެ ވިދާޅުވީ ފުވައްމުލަކު އިންޖީނުގޭގެ މަސައްކަތައް ފެނަކައިން 97 މުވައްޒަފުން ނަގާފައިވާ ކަމަށާއި އެއިން މީހެއްގެ ވަޒީފާގެ ޔަގީންކަމެއް ކުރީ ސަރުކާރުން ދީފައި ނުވާ ކަމަށެވެ.

އިއްބެ ވިދާޅުވީ ކުރީ ސަރުކާރުން ފެނަކަ ހިންގާފައިވަނީ ޒިންމާދާރުކަމެއް ނެތި ކަމަށާއި ދަތުރުފަތުރަށް އެކަނިވެސް 100 މިލިއަން ރުފިޔާ ޚަރަދުކުރިކަން ހިސާބުތަކުން ފެންނަން އެބަހުރި ކަމަށެވެ.

ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެރިން ލަނީ ޒިންމާދާރު ކަމާއެކު ކުންފުނި ހިންގައި ރައްޔިތުންނަށް އެކަށީގެންވާ ލުއިފަސޭފަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެހެން ނަމަވެސް މާޒީގައި ފެނިފައިވަނީ އެއާ ޚިލާފަށް ކުންފުނީގެ ވެރިން ސިޔާސީ އަދި އެނޫންވެސް އެހެނިހެން އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ޓޫލްއެއްގެ ގޮތުގައި ކަމަށް ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow