އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ކޮންފެރެންސްގައި ބައިވެރި ވުމަށް ޝަހީމް ސައުދީއަށް ވަޑައިގަންނަވައިފި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ކޮންފެރެންސްގައި ބައިވެރި ވުމަށް ޝަހީމް ސައުދީއަށް ވަޑައިގަންނަވައިފި

އިސްލާމީ އުންމަތުގެ މުހިއްމު މަޢުޟޫއުތަކަށް ޢިލްމީ ކަރުދާސްތައް ހުށައެޅިގެންދާ މި ކޮންފެރެންސްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައެއް ސެޝަންތައް ޗެއަރކޮށްދެއްވުމަށް ވަނީ ހަމަޖެހިފައި

1 month ago - 08:58
Aug 4, 2024 - 12:54

އިސްލާމީ ޤައުމުތަކުގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ޚާއްޞަ ކޮންފެރެންސްގެ 9 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި މި ކޮންފަރެންސް އޮންނާނީ މި އޮގަސްޓް މަހުގެ 4 އިން 5 އަށް ސައޫދީ ޢަރަބިއްޔާގައެވެ.

ވަޒީރުގައި އަރިހުގައި ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ވަނީ މި ކޮންފަރެންސްގައި ބައިވެރިވެޑައިގަތުމަށްޓަކައި އެގައުމަށް ވަޑައިގަންނަވާފައެވެ.

ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހުގައި ސައުދީއަށް ވަޑައިގެންނެވި ވަފުދުގައި ހިމެނެނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޡަމްގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފުގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރް އައްޝައިޚް އިމްތިޠާއު ޢައްބާސް ބައިވެރިވެވަޑައިގަންނަވައެވެ.

އިސްލާމީ އުންމަތުގެ މުހިއްމު މަޢުޟޫއުތަކަށް ޢިލްމީ ކަރުދާސްތައް ހުށައެޅިގެންދާ މި ކޮންފެރެންސްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައެއް ސެޝަންތައް ޗެއަރކޮށްދެއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވިއެވެ. 

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޒީރު ރާއްޖެވަޑައިގަންނަވާނީ މި މަހުގެ ހަތް ވަނަ ދުވަހު ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow