ބާސެލޯނާގެ އޮފާ ގަބޫލުނުކުރި ސަބަބު ފުރަތަމަ ފަހަރަށް ނިކޯ ވިލިއަމްސް ކިޔައިދީފި
ނިކޯ ވިލިއަމްސް އެތްލެޓިކޯ އާއެކު އާ އެއްބަސްވުމުގައި ސޮއިކުރަނީ.ފޮޓޯ: ނިކޯ, އިންސްޓަގްރާމް

ބާސެލޯނާގެ އޮފާ ގަބޫލުނުކުރި ސަބަބު ފުރަތަމަ ފަހަރަށް ނިކޯ ވިލިއަމްސް ކިޔައިދީފި

11 hours ago - 15:19
Jul 16, 2025 - 15:56

ބާސެލޯނާގެ ހުށަހެޅުން ޤަބޫލުނުކުރީ އެތްލެޓިކޯ ބިލްބާއޯއާއެކު ކާމިޔާބީތައް ހާސިލްކޮށް ތާރީޚްގެތެރެއަށް ދާން ބޭނުންވާތީ ކަމުގައި ސްޕެއިންގެ ފޯވާޑް ނިކޯ ވިލިއަމްސް ބުނެފިއެވެ. 

ފާއިތުވި ޔޫރޯއިން ފެށިގެން ބާސެލޯނާއިން ވަނީ ދެ ފަހަރެއްގެ މަތިން ނިކޯ އެކްލަބަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ނިކޯގެ ރިލީސް ކްލައުސްއަށްވާ 58 މިލިއަން ޔޫރޯ ދެއްކުމަށްވެސް ކްލަބް އޮތީ ތައްޔާރަށެވެ. ނަމަވެސް ފާއިތުވި މަހު ނިކޯ ވަނީ ބިލްބާއޯއާއެކު ޖޫން 2035 އާ ހަމައަށް 10 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

"އަަހަންނަށް ހީވަނީ އަހަރެމެންގެ ކުރިއަށް އޮތީ ވަރަށް ބުރަ ސީޒަނެއްހެން. ޗެމްޕިއަންސް ލީގު ކަހަލަ ތަށިތައް އުފުލާލުމަކީ އަހަރެމެންވެސް ދެކެމުންއަންނަ ހުވަފެނެއް. އަަހަރެންގެ ދިރިއުޅުން ކަމަށް ދެކޭ ކްލަބާ އެކު އެކަން ހާސިލްކުރުމަށްވުރެ ހިތްގައިމުކަމެއް ކޮބާ! އަހަރެން ތާރީޚްގެ ތެރެއަަށް ދާން ބޭނުމީ މި ކްލަބާއެކު, ސެން މަމޭސްގައި. އަަހަރެންގެ ސަޕޯޓަރުންނާއި އާއިލާއާއެކު" ނިކޯ އުފަންވި ސިޓީ ބިލްބާއޯއަށް ނިސްބަތްވާ ކްލަބަކީ އޭނާގެ ދިރިއުޅުން ކަމަށް ނިކޯ ވިލިއަމްސް ބުނެފައި ވެއެވެ.

Advertisement
Advertisement

ޔޫރޯއަށްފަހު ނިކޯ ހޯދަން މަސައްކަތްކުރީ ހަމައެކަނި ބާސެލޯނާއެއް ނޫނެވެ. ޖަރުމަނުގެ ބަޔާން މިއުނިކްއާއި އިނގިރޭސި ކްލަބް ޗެލްސީ އަދި އާސެނަލްއިންވެސް ވަނީ ނިކޯއަށް ފާރަލާފައެވެ.

ނިކޯ ބިލްބާއޯއާއެކު މަޑުކުރަން ނިންމި ނިންމުމާއެކު ހިތްހަމަޖެހިފައި ހުރި އެޓީމުގެ ފުޓްބޯލް ޑިރެކްޓަރު މިކޭލް ގޮންޒާލޭޒް ބުނީ ނިކޯ އަކީތަފާތު ހުނަރެއް ލިބިފައިވާ ކުޅުންތެރިއެއްކަމަށާއި އެކަހަލަ އާދަޔާހިލާފް ހުނަރެއް ބިލްބާއޯގައި ބަހައްޓަން ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ނިކޯ އެންމެ ފުރަތަަމަ ބިލްބާއޯއަށް ކުޅެންފެށީ އުމުރުން 11 އަހަރުގައެވެ އޭރުވެސް އޭނާގެ ބޭބެ, ގާނާއަށް އުފަން އިނާކީ ވިލިއަމްސްއަކީ ބިލްބާއޯގެ ކުޅުންތެރިއެކެވެ. އަންނަ ސީޒަނުން ފެށިގެން ބިލްބާއޯގެ ކެޕްޓަންއަކީ ވެސް އިނާކީއެވެ.

"އަހަރެމެން ދެމީހުން އަބަދުވެސް މި ހުވަފެން ދެކުނިން. އަހަރެންގެ ބޭބެއަކީ އަހަންނަށްވެސް އަދި ހުރިހާއެއްމެންނަށްވެސް ރޯލް މޮޑެލްއެއް. އަހަންނަށް ހީވަނީ އެއީ ކެޕްޓަނަކަށް އެންމެ ރަނގަޅު މީހާހެން. އަހަރެން މިހުރީ ބޭބެ ކެޕްޓަން ބޭންޑްގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅޭތަން ދުށުމަށް ކެތްމަދުވެފައި" ނިކޯ ބުނެފައި ވެއެވެ.

ނިކޯގެ އާއިލާއަކީ ގާނާއިން ސްޕެއިންއަށް ހިޖުރަކޮށް ސްޕެއިންގެ ރަށްވެހިކަން ހޯދައިގެން ބިލްބާއޯގައި ދިރިއުޅޭ އާއިލާއެލެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow