
އެމްޑީޕީގެ "ރަންރީނދޫ" ދުވުން މިމަހު 25 ގައި މާލޭގައި ބާއްވަން ނިންމައިފި
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މާދަމާ އެޕާޓީން ހުޅުމާލޭގައި ބާއްވަން އުޅުނު "ރަންރީނދޫ" ދުވުން މިމަހު 25 ވަނަ ދުވަހު މާލޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމުގައި އެޕާޓީން ބުނެފިއެވެ.
ސަރުކާރުން ހުކުރު ދުވަހު ދުވުން ބާއްވަން ހުއްދަ ނުދިންކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަމުން އެޕާޓީގެ ލީގަލް ކޮމިޓީގެ މެމްބަރު އައިކް އަޙްމަދު އީސާ ވިދާޅުވީ ރީތިގޮތުގައި ހުޅުމާލޭގައި ދުވަން ސަރުކާރުން ފުރުޞަތުދީފައި ނުވާކަމަށެވެ.
"އެހެންވެ, ދުވުން މާލޭގައި ބާއްވަން ނިންމީ ޖުލައި 25, ގެ ހަވީރު 4:00 ން 6:00 ޖަހަންދެން. އަޅުގަނޑުމެން އެދެނީ މިނިވަންކަމާއެކު އަދި ޑިމޮކްރަސީއަށް ލޯބިކުރައްވާ އެންމެހާ ރައްޔިތުން އަޅުގަނޑުމެންނާއެކު 25 ގައި މި އޮންނަ ރަން ރީނދޫ ހަރަކާތުގައި ބައިވެރި ވުމަށް" އައިކު ވިދާޅުވިއެވެ.
އެމްޑީޕީއަށް ހުޅުމާލޭގައި ދުވުން ބާއްވަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދި ނުދިިން މައްސަލަ މިހާރު އިލެކްޝަން ކޮމިޝަނަށް ހުށަަހަޅާފައިވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ރިއެކްޝަންސް






