އިޒްރާއިލް-އިރާން ހަނގުރާމައިގެ ހަމަލާތައް ބަދަލުކުރުމުގައި ދެވަނަ ހަފްތާއަށް
އީރާނުގެ ރޮކެޓް ހަމަލާއެއް އިޒްރާއިލްގެ އަޝްކެލަން އަށް އަމާޒުވެފައި. ފޮޓޯ: ރޮއިޓާސް

އިޒްރާއިލް-އިރާން ހަނގުރާމައިގެ ހަމަލާތައް ބަދަލުކުރުމުގައި ދެވަނަ ހަފްތާއަށް

ހަމަލާތަކުގެ އުސް އަލިތައް

4 hours ago - 21:28
Jun 20, 2025 - 21:29

އިޒްރާއިލް އިން އީރާނަށް ދިން ކުއްލި ހަމަލާއަށްފަހު ދެފަރާތުން ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދާތާ މިއަދަށް ދެވަނަ ހަފްތާއަށް މިވަނީ ފެށިފައެވެ.

އިޒްރާއިލްއިން ފާއިތުވި ހަފްތާގައި އީރާނުގެ މިސައިލް އުފައްދާ ސައިޓްތަކަށާއި, ސިނާއީ އަދި އިޤްތިޞާދީ މުހިންމު ގިނަ ތަންތަނަކަށް އަމާޒުކޮށްވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. ރައްދުގައި އީރާނުންވެސް ވަނީ އިޒްރާއިލްގެ ބަނދަރު ސިޓީ, ހައިފާ އަދި އިޒްރާއިލްގެ ދެކުނު ބީރްޝެބާގެ ސިނާއީ ސައިޓްތަކަށް ހަމަލާތައް އަމާޒުކޮށްފައެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެރިރަށް ތެހްރާންގެ މެދުތެރޭ ގިޝާ އަވަށުގެ މީހުންދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް އިޒްރާއިލްއިން ވަނީ ޑްރޯން ހަމަލާއެއް ދީފައެވެ. އީރާނުގެ ހަމަލާގެ އަމާޒަކަށް ދެކުނު އިޒްރާއިލްގެ އެންމެ ބޮޑު ހޮސްޕިޓަލް ވެފައިވާއިރު އެ ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަހަމްވެފައެވެ.

ހަމައެއާއެކު ތެހްރާންގެ ހޮސްޕިޓަލަކަށްވެސް އިޒްރާއިލްގެ މިސައިލް ހަމަލާއެއް ވަނީ އަމާޒުވެފައެވެ. މިއީ ހަމަލާތައް ފެށި ފަހުން އީރާންގެ ސިއްހީ ހިދްމަތްދޭ ތަންތަނަށް އިޒްރާއިލްއިން ދިން ތިން ވަނަ ހަމަލާ ކަމަށް ހެލްތު މިިނިސްޓްރީ އާ ހަވާލާދީ އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ (އައިއާރުއެންއޭ) އިން ވަނީ ބުނެފައެވެ. ހޮސްޕިޓަލްއަށް ދިން ހަމަލާގައި މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނެތްނަމަވެސް ހަ އެމްބިއުލާންސް ހަލާކުވެފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

Advertisement
Advertisement

ޖޫން 13ގައި އިޒްރާއިލްއިން ދިން ކުއްލި ހަމަލާތަކުގެ އިރާންގެ ގިނަ ނިއުކްލިއަރ ސައިންޓިސްޓުންތައް ވަނީ މަރުވެފައެވެ. އީރާންގެ ޤައުމީޓީވީގެ އޮންއެއަރ ކުރިއަށް ދަނިކޮށް އިޒްރާއިލްއިން ވަނީ ޓީވީ ސްޓޭޝަން ގެ މައި މަރުކަޒަށް ހަމަލާދީ ސްޓޭޝަނުގައި ތިބި ތިން މީހަކު މަރާލާފައެވެ.

އިޒްރާއިލް އަދި އީރާނުންވެސް ދަނީ ދެގައުމުން އެއްގައުމުން އަނެއްގައުމުގެ ސިއްހީ އިންފްރާސްޓްރަކްޗަރ ތަކަށް އަމާޒުކޮށް ހަމަލާދޭކަމަށް ތުހުމަތުކޮށްފައެވެ. ހަނގުރާމައިގެ ހާލަތުގައި ވެސް ސިއްހީ ފަރުވާދޭ އެއްވެސް ތަނަކަށް ހަމަލާދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނާ ހިލާފް ކަމެކެވެ.

އިޒްރާއިލްގެ އަސްކަރިއްޔާގެ މުވާސަލާތީ ހިދްމަތްދޭ އިމާރާތާއި އިންވެގެން ހުރި މައިކްރޯސޮފްޓްގެ އިމާރާތް ހުންނަ ޓޭކްނޮލޮޖީ ޕާކަށްވެސް އިރާނުގެ ހަމަލާއެއް ވަނީ އަރާފައެވެ. އެސަރަހައްދުގެ ގިނަ އިމާރާތްތަކަކަށް ގެއްލުންވެފައިވާއިރު ހަމަލާގައި އެސަރަހައްދުގެ މައި ރޭލް ސްޓޭޝަންވެސް ވަނީ ބަންދުކޮށްފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow