
އެއްބުރުން ސަރުކާރެއް އެކުލަވާލަން ކުރީގެ ރައީސް ނަޝީދު ތާއީދުކުރައްވައިފި
އެއްބުރުން ސަރުކާރެއް އެކުލަވާކަން ކުރީގެ ރައީސް ނަޝީދު ތާއީދުކުރައްވައިފިއެވެ. އެކަމަށް ތާއީދުކުރައްވާ ނަޝީދު ސޯޝަލް މީޑިޔާގައި ޕޯސްޓެއް ހިއްސާކުރައްވާފައި މިވަނީ އެކަމަށް ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތަކުން ކެމްޕެއިނެއް ފަށާފައި ވަނިކޮށެވެ.
ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އެކެމްޕެއިން ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެހުށަހެޅުއްވުން ހުށަހަޅުއްވާ ރައްޔިތުންގެ ތާއީދު އެކަމަށް ހޯދައިދެއްވުމަށް އެދިވަޑައިގަތުމުން ކަމަށް ބައެއް މީޑިޔާތަކުން ވަނީ ރިޕޯރޓްވެސް ކޮށްފައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަބުރު އުވާލާ, ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓް އިންތިޚާބުވާ ގޮތަށް ހުށަހަޅުއްވާފައިވަނީ ޕްރެފެރަންޝަލް ވޯޓާއެކުއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޕްރެފަރެންޝަލް ވޯޓާއެކުނަމަ އެއް ބުރުން ވޯޓްލާ ނިންމާ ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިއުސޫލާ ދެކޮޅު ފަރާތްތަކުންވެސް އެކަން ސޯޝަލް މީޑިޔާގައި ދަނީ ހާމަކުރަމުންނެވެ.
ރިއެކްޝަންސް






