ނަޝީދުއާއެކު ޑިމޮކްރެޓްސް އެނބުރި އެމްޑީޕީއަށް
ނަޝީދުއާއި ޞާލިހުގެ ގުޅުން ރަނގަޅެއް ނުވޭ

ނަޝީދުއާއެކު ޑިމޮކްރެޓްސް އެނބުރި އެމްޑީޕީއަށް

ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީން ވަނީ އެކަމަށް ގަރާރެއް ފާސްކޮށްފަ

7 hours ago - 16:50
Jun 17, 2025 - 16:51

ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއެކު ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެނބުރި އެމްޑީޕީއާ ގުޅެން ގަރާރެއް ފާސްކޮށްފިއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުންދާ ކުރީގެ ރައީސް ނަޝީދު ރާއްޖެ ވަޑައިގެން އިއްޔެ އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލްއާ ބައްދަލުކުރެއްވުމަށްފަހު މިއަދި އެމަނިކުފާނުގެ ޕާޓީ ޑިމޮކްރެޓްސްއިން ބޭއްވި ނޭޝަނަލް އެސެމްބްލީގައި ފާސްކުރީ އެނބުރި އެމްޑީޕީއާ ގުޅުމަށެވެ. އެގޮތަށް ހުށަހެޅުއްވީ އެޕާޓީގެ އަންހެނުންގެ އަންހެނުންގެ ގޮފީގެ ލީޑަރ ހަމްދާ މުޙައްމަދެވެ. އެމްޑީޕީއާ އަލުން ގުޅެން ހުށަހެޅުއްވީ މައިގަނޑު ތިން ސަބަބެއް ބަޔާންކޮށެވެ. އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމާއި, ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ގާއިމް ކުރުމާއި, ސިޔާސީ ޕާޓީ ނިޒާމަށް ގެއްލެމުންދާ އިތުބާރު އަލުން ހޯދުމެވެ.

ހަމްދާ ހުށަހެޅުއްވި ގަރާރު ފާސްކުރީ 35 މެމްބަރުންގެ ވޯޓުންނެވެ. ނޭޝަނަލް އެސެމްބްޕީގައި 44 މެމްބަރުން ބައިވެރިވިއެވެ. ނަޝީދުއާއެކު ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމާފައި މިވަނީ ރިޔާސީ ޓިކެޓްގެ ޝައުގުވެރިކަން ނަޝީދު ފާޅުކުރައްވާފައި ވަނިކޮށެވެ. އަދި ދެޕާޓީ އެކުގައި މަސައްކަތް ކުރަން ޖެހޭކަމަށްވެސް މީގެކުރިން ނަޝީދު ވިދާޅުވުމަށްފަހުއެވެ.

އެންމެފަހުން ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލުނީ ރައީސް ނަޝީދާއެކު އިސްބޭފުޅުންތަކެއް އެމްޑީޕީން ވަކިވެ, ޑިމޮކްރެޓްސް އުފައްދާ އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރުމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow