ކޮމިޝަންގެ ރިޕޯޓް އާންމުކޮށްފި, ބުރަވެވެނީ ޔުމްނު ވެއްޓުނީކަމަށް!
ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން:

ކޮމިޝަންގެ ރިޕޯޓް އާންމުކޮށްފި, ބުރަވެވެނީ ޔުމްނު ވެއްޓުނީކަމަށް!

މަސްތުހާލަތުގައި ތިބެ ހިނގި ކަންކަމުގެ ޒިންމާ ރައުދު އާއި ޔުމްނުވެސް އުފުލަންޖެހޭަކަމަށް ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވޭ

5 hours ago - 20:03
Jun 17, 2025 - 20:08
Advertisement
Advertisement

މިދިޔަ އެޕްރީލްމަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮތް މައްސަލަ ބަލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަންގެ ރިޕޯޓް އާންމުކޮށްފިއެެވެ.

ތަޙްޤީގަށްފަހު ކޮމިޝަނުން އާންމުކުރި ރިޕޯޓްގައި ވާގޮތުން ހައްވާ ޔުމްނު ރަޝީދު ގަސްތުގައި ވައްޓާލާފައިވާކަމަށް ނުބެލެވެއެވެ. އަދި އަމިއްލަ އިޙްތިޔާރުގައި ފުންމާލާފައިވާކަމަށް ކަނޑައެޅެން ނެތްކަމަށާއި, އެހެންކަމުން ބޮޑަށް ބުރެވެވެނީ ޔުމްނު ވެއްޓުނީ ކަމަށް ކަމުގައި ރިޕޯޓްގައި ބުނެފައި ވެއެވެ.

ކޮމިޝަނަށް ލިބިފައި ހުރި ސީސީޓީވީ ފުޓޭޖްތަކުގެ މައުލޫމާތު ރިޕޯޓުގައި ހިމަނާފައި ވެެއެވެ. ނަމަވެސް ޔުމްނު ވެއްޓުނުކަމަށް ބެލެވޭ ފަންގިފިލާ (އެންމެ ފަހުން ޔުމްނު އަރަނިކޮށް ސީސީޓީވީން ފެނުނު) ގައި ކެމަރާ ނެތުމުން ޔުމްނު ވެއްޓުނީކަމެއް ނުވަތަ ވައްޓާލީކަމެއް ކަށަވަރުކުރެވިފައި ނުވާކަމުގައި ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން ޔުމްނުގެ ބަހެއް ހޯދަން ކޮމިޝަނުން ކޮށްފައިވާ މަސައްކަތްވެސް ކާމިޔާބުވެފައި ނުވުމަކީ އެކަމުގައި ވަކިގޮތެއް ކަނޑައެޅެން ނެތް ސަބަބެއް ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ނަމަވެސް ކޮމިޝަނުގެ ރިޕޯޓްގައި އެމައްސަލައިގައި ހިނގާފައިވާ ކަންކަން ހިނގާފައިވަނީ މަސްތުގެ ހާލަތުގައި ކަމަށާއި އަމިއްލަ އިޙްތިޔާރުގައި އެހާލަަތަށް ދިޔަ މީހުން އެކަންކަމުގެ ޒިންމާވެސް އުފުލަންޖެހޭނެކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް އެމައްސަލައިގައި އަނިޔާލިބުނު އަންހެންމީހާ ވައްޓާލުމުގައި އެރޭ އޭނާއަކު އުޅުނު އަޙްމަދު ރައުދު ޒިލާލް ބައިވެރިވެފައިވާކަން ނުވަތަ ނޫންކަަށް ކޮމިޝަނަށް ލިބިފައި ހުރި މައުލޫމާތާއި ރައުދުގެ ވާހަކަތަކުން ކަނޑައެެޅެން ނެތްކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

Advertisement
Advertisement

އެހެންނަމަވެސް ޔުމްނު ވެއްޓުމުގައި ރައުދުގެ އިޙްމާލު އޮތްކަމަށް ކޮމިޝަނުގެ ރިިޕޯޓްގައި ވަނީ ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement