ހުޅުމާލޭ ދެކުނު ދާއިރާގެ ޖަގަހަ ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

ހުޅުމާލޭ ދެކުނު ދާއިރާގެ ޖަގަހަ ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

11 hours ago - 10:52

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިނަށް ހުޅުމާލޭ ދެކުނު ދާއިރާގެ ޖަގަހަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހުޅުއްވައިދެއްވައިފިއެވެ. 


ރޭ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ޖަގަހަ ހުޅުއްވައިދެއްވީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެމްޕެއިނަށް ހިތްވަރު ދެއްވުމުގެ ގޮތުންނެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން، ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި، އެ ޕާޓީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓާއި، ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.


ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ފަށާ ޖަގަހަތައް ހުޅުވަމުންދާ މި ދަނޑިވަޅުގައި، ވެރިކަންކުރާ ޕާޓީ ކަމަށްވާ ޕީއެންސީ ދަނީ މާލެ ސިޓީގެ އެކި ދާއިރާތަކުގައި ވެސް ހަރަކާތްތެރިކަން އިތުރު ކުރަމުންނެވެ.                 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow