ތެލުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ބޭރުގެ ދެ އެޖެންސީއަކުން 100 މިލިއަން ޑޮލަރު ރާއްޖެއަށް ލިބޭގޮތް ހަމަޖައްސައިފި

ތެލުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ބޭރުގެ ދެ އެޖެންސީއަކުން 100 މިލިއަން ޑޮލަރު ރާއްޖެއަށް ލިބޭގޮތް ހަމަޖައްސައިފި

2 months ago - 20:22
Mar 13, 2026 - 10:54
Advertisement
Advertisement

މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ތެލުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ބައިނަލްއަގްވާމީ ދެ މަލްޓިލެޓްރަލް އެޖެންސީއަކުން ރާއްޖެއަށް 100 މިލިޔަން ޑޮލަރު ހަމަޖެހިފައިވާ ކަމަށް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.


ވަޒީރު މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ ފެންވަރުގައި އެކުލަވާލައްވާފައިވާ ކޮމިޓީން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.


ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖެއަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލު ގެނައުމުގެ ގޮތުން، މަރުކަޒީ ބޭންކުގެ ގަވަރުނަރާ ގުޅިގެން ވަރަށް ގާތުން ރާއްޖޭގެ ރިޒާވުގެ ކަންކަން ބަލަހައްޓަމުންދާ ކަމަށެވެ.


"ރާއްޖޭގެ ރިޒާވަށް އިތުރަށް 100 މިލިޔަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. އިންޓަނޭޝަނަލް މަލްޓިލެޓްރަލް ދެ އެޖެންސީއަކާ އެކު މަސައްކަތްކޮށްގެން، މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައި،" ވަޒީރު ވިދާޅުވި އެވެ.


ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖެ ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، ސަރުކާރުން ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement