2 އިންތިޚާބު އެކަންޏެއް ނޫން، 3 އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށްވެސް ކުރީގެ ސަރުކާރުން އެއްބަސްވި!

2 އިންތިޚާބު އެކަންޏެއް ނޫން، 3 އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށްވެސް ކުރީގެ ސަރުކާރުން އެއްބަސްވި!

3 hours ago - 16:38
Mar 12, 2026 - 16:41

ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބު އެއްކޮށް ބޭއްވުމަކީ ރާއްޖޭގެ ތަރައްޤީއަށް މުހިންމު ކަމެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މީގެ ކުރިން ވިދާޅުވެފައިވާކަން ހާމަވެއްޖެއެވެ.


ރައީސް ސޯލިހް މިހެން ވިދާޅުވެފައިވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު އެމްޑީޕީން ތިލަދުންމައްޗަށް ކުރި ދަތުރުގައި، ހދ. ނޮޅިވަރަމް ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ބައެއް މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ލަސްތަކެއް ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބަކީ އިންތިޚާބުތައް ވަކިވަކިން ބޭއްވުމެވެ.


"މި ތިން އިންތިޚާބު އެއް ދުވަހެއްގައި، އެއްވަގުތެއްގައި ބޭއްވުމުގެ މަސައްކަތްކޮށް، ހުރިހާ އިންތިޚާބެއް އެކީގައި ބޭއްވިއްޖެނަމަ ޤައުމުގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރަން،" ނޮޅިވަރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.

https://raajje.mv/69521?utm_source=dlvr.it&utm_medium=facebook&fbclid=IwVERFWAQfa2xleHRuA2FlbQIxMQBzcnRjBmFwcF9pZAo2NjI4NTY4Mzc5AAEeD7bsy0nBnhOZjj8DtcYtxKKg9ETCPEKMB4aYZ0qwcvwroC9oZSV9h5J_WoU_aem_SGIDWWkR4gSAtZ3Cag_U4w


ރައީސް ސޯލިހް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް ދިނުމަކީ ރައްޔިތުން އެ ޕާޓީގެ ސިޔާސަތުތައް ބަލައިގަތް ކަމުގެ ހެއްކެއްކަމަށާއި، އިންތިޚާބުތަކުގައި ރައްޔިތުން ނިންމާ ނިންމުންތައް ބަދަލުވެއްޖެނަމަ، ތަރައްޤީގެ މަސައްކަތްތަކަށް ހުރަސް އެޅިދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް އެމަނިކުފާނު އޭރު ވިދާޅުވިއެވެ.


މި މައުޟޫޢުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މީގެ ކުރިން ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ތާއީދުކުރައްވާފައެވެ. ނަމަވެސް ފަހުން އެމަނިކުފާނު ވަނީ އެ ނިންމެވުން އަނބުރާ ގެންދަވާފައެވެ.


މިހާރުގެ ސަރުކާރު ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ޕީއެންސީގެ އިސްވެރިން ވިދާޅުވަނީ، އިދިކޮޅު ފަރާތްތަކުން މިހާރު މިކަމަށް އިއުތިރާޒު ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި މިއީ ހަގީގަތުގައި އެ ފަރާތްތަކުންވެސް ތާއީދުކުރާ، ދައުލަތުގެ ޚަރަދު ކުޑަވެ ތަރައްޤީއަށް މަގުފަހިވާނެ ކަމެއް ކަމަށް ސަރުކާރު ހިންގާ ޕާޓީން ގަބޫލުކުރެއެވެ.


ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޙާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow