ކްރިސްޓިއާނޯ ރޮނާލްޑޯގެ 'ސުލްހައިގެ މެސެޖް' ޖަރޒީގައި ލިޔެ ޓްރަމްޕް އަށް 
ރޮނަލްޑޯ ޓްރަމްޕަށް ފޮނުވި ޖަރޒީ

ކްރިސްޓިއާނޯ ރޮނާލްޑޯގެ 'ސުލްހައިގެ މެސެޖް' ޖަރޒީގައި ލިޔެ ޓްރަމްޕް އަށް 

6 hours ago - 16:09
Jun 17, 2025 - 16:11

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ފޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސުލްހައިގެ މެސެޖެއް އޭނާގެ ޤައުމީ ހަތްނަމްބަރު ޖަރޒިގައި ލިޔެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޮނުވައިފިއެވެ.

"ޓު ޕްރެސިޑެންޓް ޓްރަމްޕް. ޕްލޭއިން ފޮރ ޕީސް" ޖަހާ ރޮނާލްޑޯގެ އޮޓޯގްރާފްއާއެކު ފޮނުވި ޖަރޒީ ރޮނާލްޑޯގެ ފަރާތުން ޓްރަމަޕަށް ހަދިޔާކުރީ އިއްޔެ ކެނަޑާގެ ކެނަނާސްކީގައި އޮތް ޖީ-7 ގެ ސަމިޓްތެރެއިންނެވެ.

އިޒްރާއިިލްއިން އީރާނަށް ދޭންފެށި ހަމަލާތަކާއެކު މެދުއިރުމައްޗަށް ހަނގުރާމައިގެ ބޯވިލާގަނޑު ފެތުރިފައިވާ މި ދަނޑިވަޅުގައި އެމެރިކާއިންވެސް ދަނީ އިރާނަށް އިންޒާރުދީ ބަހުގެ ހަމަލާތައް ފޮނުވަމުންނެވެ.

Advertisement
Advertisement

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯގެ ސުލްހައިގެ މެސެޖާއެކު ފޮނުވި ޖަރޒީގައި ލިޔެފައިވާ އިބާރާތާއެކު ޓްރަމްޕް ވަނީ ނޫސްވެރިންނަށް ޖަރސީ ދައްކާލާފައެވެ.

ޓްރަމްޕް ކެނަޑާއަށް ވަޑައިގަތީވެސް މެދުއިރުމަތީގެ ހަނގުރާމައާއި އާއެކު ދުނިޔޭގެ މަސްރަހަށް އައިސްފައިވާ ހަލަބޮލިކަން ކުޑަކޮށް ސުލްހަ ގެނައުމުގެ ނަމުގައި ކުރިއަށް ދިޔަ މަޝްވަރާތަކަށެވެ.

ސަމިޓް ކުރިއަށް ދަނިކޮށް ދަތުރު ކުރުކޮށްލެއްވުމަށް ފަހު ޓްރަމްޕް  އިއްޔެ ވަނީ އެނބުރި ވޮޝިންގްޓަން އަށް ވަޑައިގެންފައެވެ. 

ސަމިޓްގައި ޓްރަމްޕް ވަނީ ކެނަޑާގެ ބޮޑުވަޒީރު، މާކް ކާނޭ، ޖަރުމަނުގެ ޗާންސެލަރ ފްރެޑްރިޗް މާޒް އަދި ފްރާންސްގެ ބޮޑުވަޒީރު އެމެނުއެލް މެކްރޮން އާ ވެސް ބައްދަލުކުރައްވާފައެވެ.

ރޮނާލްޑޯ އަކީ ދުނިޔޭގެ ސުލްހައަށް އަބަދުވެސް ވަރަަށް ބޮޑަށް ވަކާލާތުކުރާ ފަރާތެކެވެ.ޣައްޒާގައި އިޒްރާއިލްއިމް ހިންގަމުން ގެންދާ އުދުވާނާ ދެކޮޅަށްވެސް ރޮނާލްޑޯވަނީ މީގެކުރިންވެސް ވާހަކަދައްކާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow