އީރާނުގެ އާ އަސްކަރީ ކޮމާންޑަރުގެ މަރުގެ ހަބަރަށް ފަހު އިޒްރާއިލްއަށް ވަރުގަދަ ހަމަލާއެއް ދޭނެކަމުގެ އިންޒާރު
އީރާނުން އިޒްރްއިލްގެ ވެރިރަށް ތެލް އަވީވް އަށް ދީފައިވާ ހަމަލާއެއް, އަދި އަވަހާރަވި ކަމަށް ބުނާ ކޮމާންޑަރު ޝަދްމާނީ (ކ)

އީރާނުގެ އާ އަސްކަރީ ކޮމާންޑަރުގެ މަރުގެ ހަބަރަށް ފަހު އިޒްރާއިލްއަށް ވަރުގަދަ ހަމަލާއެއް ދޭނެކަމުގެ އިންޒާރު

އާ ކޮމާންޑަރުގެ މަރާ ބެހޭގޮތުން އީރާނުން އަދި ވަކި އެއްޗެއް ނުބުނޭ

4 hours ago - 13:59
Jun 17, 2025 - 14:14

އީރާނުގެ އަސްކަރިއްޔާ 'ކަތަމް އަލް އަންބިޔާ' ގެ މައި މަރުކަޒަށް އިޒްރާއިލްއިން ދިން ހަމަލާތަކުގައި އީރާނުގެ އާ އަސްކަރީ ކޮމާންޑަރު އަވަހާރަވެފައިވާކަމަށް އިޒްރާއިލްއިން ބުނެފައި ވަނިކޮށް އިޒްރާާއިލްއަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

ވެރިތަށް ތެޙްރާންގައި ހުންނަ އިރާންގެ އަސްކަރިއްޔާގެ މައި މަރުކަޒަށް އިޒްރާއިލްއިން ދިންހަމަލާތަކުގައި އަވަހާރަވިކަމަށްބުނާ އީރާންގެ އާ އަސްކަރީ ކޮމާންޑާރު އަލީ ޝަދްމާނީ އަކީ އީރާންގެ ރޫހާނީ ލީޑަރު އާޔަތުالله ޢަލީ ހާމަނާއީގެ ވަރަށް އަރިސް ބޭފުޅެކެވެ.

މިކަމާ ގުޅޭގޮތުން އީރާނުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން މިއަދު ވަނީ އިޒްރާއިލްއާ ދެކޮޅަށް އަދި މިހާތަނަށް ނުދެކޭވަރުގެ ވަރުގަދަ ހަމަލާތަކެއް ދިނުމަށް އީރާނުން ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. 

Advertisement
Advertisement

"މިސައިލްތަކުގެ ބިޔަ ރާޅުތަކެއް . އާ އަދި ޒަމާނީ ހަމަލާތަކެއް ކުރިއަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި އިޒްރާއިލްއަށް އަހަރެމެން ދޭނަން" ގްރައުންޑް ފޯސަސް ގެ އާމީ އިން ކޮމާންޑް ކިމޯރަސް ހައިދަރީ ބުނެފައިވާކަމަށް އަލް ޖަޒީރާއިން ބުނެފައި ވެއެވެ.

އީރާނުގެ ބައެއް ނޫސްތަކުންވެސް ވަނީ އީރާނުން އިޒްރާއިލް އަށްދޭ އެންމެ ވަރުގަދަ ހަމަލާތައް ދިނުމަށް އަސްކަރިއްޔާއިން ތައްޔާރުވަމުންދާކަމަށް ބުނެފައެވެ.

ޝަދްމާނީ, އާ ކޮމާންޑަރ އިން ޗީފް ގެ މަޤާމަށް ހަމަޖައްސާފައިވަނީ ހުކުރުދުވަހު އިޒްރާއިލްއިން އިން އީރާނަށް ދިން ކުއްލި ހަމަލާތަކުގައި ކުރީގެ ކޮމާންޑަރު ގަލޯމް އަލީ ރާޝިދް އަވަހާރަވުމާ ގުޅިގެން ކަމުގައި ރިޕޯޓްތައް ބުނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow