ފުދުންތެރި ދައުލަތެއް ބިނާކޮށް، އާރާސްތުކުރުމުގައި ހުރިހާ ދިވެހިން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އިލްތިމާސްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

ފުދުންތެރި ދައުލަތެއް ބިނާކޮށް، އާރާސްތުކުރުމުގައި ހުރިހާ ދިވެހިން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އިލްތިމާސްކުރައްވައިފި

6 hours ago - 13:42
Jun 17, 2025 - 13:42
Advertisement
Advertisement

ދިވެހިރާއްޖެއަކީ އިޤްތިޞާދީގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތުކުރުމުގެ މަސައްކަތުގައި ހުރިހާ ދިވެހިން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސަރވޭ ރިޕޯޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ފުދުންތެރި ދައުލަތެއް ބިނާކުރުމުގެ މަސައްކަތަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަމަށެވެ. މި ޒިންމާއާ ވާޖިބު އަދާކުރުމުގައި، ދިވެހި ކޮންމެ ރައްޔިތަކުވެސް ބައިވެރިވުމަށް އިލްތިމާސްކުރެއްވިއެވެ.

ވަޒީފާއެއް ނެތް ދިވެއްސަކު ނުހުންނާނޭ މިންވަރަށް މި ޤައުމުގައި 5 އަހަރުގެ ތެރޭގައި އައު ވަޒީފާތައް އުފެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްގެ އިތުރުން، އެމަނިކުފާނުގެ މެނިފެސްޓޯގެ އަސާސީ ބައެއްކަން ފާހަގަކުރައްވާ ވިދާޅުވީ އެއަމާޒަށް ވާޞިލްވުމުގައި ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ފެށިފައިވާކަމަށެވެ.

އެއަމާޒަށް ވާޞިލްވުމުގެ ގޮތުން ފެށިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ދިވެހީންނަށް ނޫނީ ވަޒީފާ އަދާ ނުކުރެވޭނެ ދާއިރާތަކެއް ވަޒީރުންގެ މަޖިލީހުން އެކަށައަޅުއްވައި ނިންމެވުމާއި، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ ފަދަ ދިވެހީންގެ ޚިދުމަތް މުހިންމު ދާއިރާތަކުން ދިވެހީން އިތުރުކުރުމަށް ޚާއްޞަ އިނާޔަތްތައް ތަޢާރަފްކުރެއްވުމުގެ މަސައްކަތް ފެއްޓެވުމާއި، ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ އިތުރުން ޚާއްޞަ އިޤްތިޞާދީ މަޝްރޫޢުތައް ފެށިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

Advertisement
Advertisement

ސަރުކާރުން ފަހިކޮށްދޭ އާމުދަނީ ހޯދުމާއި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ. ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސަރވޭ ރިޕޯޓަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި ވޯލްޑް ބޭންކު ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ހިރާސްތަކާއި އެކި ވަޒީފާތަކަށް ބޭނުންވާ ހުނަރުތަކާއި ދިވެހި ޒުވާނުންނަށް ވަޒީފާގެ މާޙައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރިއަށް ގެންދިޔަ މި ދިރާސާއިން، ކުރު އަދި ދިގު ރާސްތާގެ ސްޓްރެޓެޖީތައް އެކުލަވާލެވި، ސަރުކާރުގެ މެނިފެސްޓޯގެ އަމާޒުތަކަށް ވާޞިލްވުމަށް އެހީތެރިކަން ލިބިގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement