ސަމާލުވޭ! ރާއްޖޭގައި އިންފްލުއެންޒާ ވައިރަސް އެބަފެތުރޭ
ވާރޭވެހޭތީ އައިޖީއެމްއެޗް ކުރިމަތީގައި ބަޔަކު މަޑުކޮށްލައިގެން. ފޮޓޯޅ ސޯޝަލް މީޑިއާ

ސަމާލުވޭ! ރާއްޖޭގައި އިންފްލުއެންޒާ ވައިރަސް އެބަފެތުރޭ

ރާއްޖޭގައި އިންފްލުއެންޒާ ފެތުރަމުންދާ ކަމަށާއި މިހާރުވެސް ތިން ޒުވާނަކަށް ވެންޓިލޭޓަރުގައި ފަރުވާ ކުރަމުން އަންނަ ކަމަށް އެތެރެހަށީގެ ޚާއްސަ ޑޮކްޓަރ މުޙައްމަދު އަލީ ވިދާޅުވެއްޖެ

8 months ago - 23:19
Jan 14, 2024 - 23:20
Advertisement

ރާއްޖޭގައި އިންފްލުއެންޒާ ވައިރަސް ފެތުރަމުންދާ ކަމަށާއި މިހާރުވެސް ތިން ޒުވާނަކަށް ވެންޓިލޭޓަރުގައި ފަރުވާ ކުރަމުން އަންނަ ކަމަށް އެތެރެހަށީގެ ޚާއްސަ ޑޮކްޓަރ މުޙައްމަދު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ ވޭތުވެދިޔަ ހަފްތާތެރޭގައި އިންފްލުއެންޒާ އޭ، އެޗް1 އެން1 ފެތުރެމުންދާ ކަމަށެވެ.

ޑރ. ވިދާޅުވީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި މި ވައިރަސް ޖެހިގެން ޒުވާނަކު މަރުވެފައިވާ ކަމަށާއި މިހާރު ވެންޓިލޭޓަރުގައި ފަރުވާ ކުރަމުން އަންނަނީވެސް ތިން ޒުވާނުން ކަމަށެވެ.

ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ މި ވައިރަސް ޕެންޑެމިކަކަށް ބަދަލުވެދާނެ ކަމަށް ނުބެލޭ ކަމަށާއި އެހެން ނަމަވެސް ރައްކާތެރި ވުމުގެ ގޮތުން ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އެގޮތުން ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށް އެތެރެހަށީގެ ޑރ. މުޙައްމަދު ޢަލީ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement