އެއަޕޯރޓްގެ އިތުރުންވެސް ތ.ގުރައިދޫއަށް ގިނަ މަޝްރޫޢުތަކެއް!
ރައީސް މުއިއްޒު ތ.ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

އެއަޕޯރޓްގެ އިތުރުންވެސް ތ.ގުރައިދޫއަށް ގިނަ މަޝްރޫޢުތަކެއް!

ޕާސްޕޯރޓްގެ ޚިދުމަތް ނޮވެމްބަރު މަހު ފަށަނީ

18 days ago - 09:29
Sep 26, 2025 - 09:29
Advertisement
Advertisement

އެއަޕޯރޓްގެ އިތުރުންވެސް ތ.ގުރައިދޫގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވެވަޑައިގެންފިއެވެ.

ގުރައިދޫގައި މިއަހަރުގެ ނޮވެމްބަރު މަހު ޕާސްޕޯރޓްގެ ޚިދުމަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަންނަ އަހަރު 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ފައްޓަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ. އެމަޝްރޫޢު ކުރިއަށް ގެންދަވާނީ ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް، އެ އިޚުތިޔާރުވެސް ލިބޭގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން އެ އަތޮޅު ގާދިއްފުށީގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުގައި ހިމެނިގެން، ގުރައިދޫއަށް ބޭނުންވާ ހަތް ހެކްޓަރުގެ ބިންވެސް ހިއްކާނޭކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގެ ބަނދަރު ބޮޑުކޮށް، ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިންގަވާނޭކަމަށްވެސް ވިދާޅުވިއެވެ. ހުއްޓިފައިވާ ސްކޫލްގެ މަސައްކަތް އަލުން ފައްޓަވައި، އާ ދިރާސީ އަހަރަށް މަސައްކަތް ނިންމަވައިދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެއިތުރުން މި އަހަރުގެ ތެރޭގައި ޒަމާނީ ކުޑަކުދިންގެ ޕާކެއްގެ މަސައްކަތް ގުރައިދޫގައި ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
Advertisement

ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ރަށްކަން ފާހަގަކުރައްވާ ރައީސް ވަނި އެރަށް ޚާއްޞަ ކަމަށް ވިދާޅުވެފައެވެ. އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ފުރަތަމަ ވަޑައިގެންނެވި ރަށަކީވެސް ގުރައިދޫ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement