ޕައިލިން މަސައްކަތް އެއްކޮށްނިމި, ތިލަމާލެ ބްރިޖްގެ 60 އިންސައްތައަށްވުރެ ބޮޑުބައި ނިމިއްޖެ
ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ: ފޮޓޯ-ގެދޮރުވެރިކަމާ ބެހ ވުޒާރާ

ޕައިލިން މަސައްކަތް އެއްކޮށްނިމި, ތިލަމާލެ ބްރިޖްގެ 60 އިންސައްތައަށްވުރެ ބޮޑުބައި ނިމިއްޖެ

9 months ago - 10:47
Jul 1, 2025 - 10:52
Advertisement
Advertisement

ތިލަމާލެ ބުރިޖްގެ އެންމެ އުނދަގޫ މަރުހަލާ ކަމުގައިވާ ޕައިލިންގެ ހުރިހާ މަސައްކަތާއެކު, ބްރިޖް މަޝްރޫއުގެ 60 އިންސައްތައަށް ވުރެ ބޮޑުބައިގެ މަސައްކަތް ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެއްގަމާއި ކަނޑުގެ 68 ތަނެއްގައި  ޖުމްލަ 263 ޕައިލް ޖަހާ މިހާރު އެއްކޮށް ނިމިފައިވާކަމަށެވެ. އެހެންކަމުން މުޅި މަޝްރޫއުގެ 60.84 އިންސައްތަ ނިމިފައިވާ ކަމަށް ޕޯސްޓްގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. 

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 6.7 ކިލޯމީޓަރުގެ މި ބްރިޖްގައި މިދިޔަ އެޕްރީލް މަހު ވަނީ ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމްނަޓްވެސް ބަހައްޓާފައެވެ.

އިންޑިއާގެ ލޯނު އެހީގައި ކުރިއަށްދާ މި މަޝްރޫއުއަށް ޖުމްލަ 500 މިލިއަން ޑޮލަރު ހަރަދުވާއިރު އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުގެ ހިލޭއެހީއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement