އުފެއްދުންތެރިކަމުގެ މައުރަޒުގައި މިއަދު ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ބާއްވަނީ
އުފެންދުންތެރިކަމުގެ މައުރަޒުގައި މިއަދު ކުޑަކުދިންގެ ހަވީރެއް ބާޢްވަނީ / ފޮޓޯ: ރައީސް އޮފީސް

އުފެއްދުންތެރިކަމުގެ މައުރަޒުގައި މިއަދު ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ބާއްވަނީ

11 months ago - 14:58
Advertisement
Advertisement

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން މިއަދު ހަވީރު ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ބީސީސީން ބުނީ މި ހަވީރުގައި ކުޑަކުދިންނަށް ބައިވެރިވެވޭ އެކި ކުޅިވަރުތަކާއި، ވީޑިއޯ ގޭމްސް ޒޯނެއް އަދި މަޤުބޫލު ރޮބޯމޭނާ ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025  ކުލަގަދަ ރަސްމިއްޔާތު ތަކަކާއިއެކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ހުޅުއްވައިދެއްވާފައިވާ އިރު މި މަހުގެ ނިޔަލަށް މި މައުރަޒު ކުރިއަށްދާނެއެވެ.

މި މައުރަޒުގައި 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެންމެ ގިނައިން ތަކެތި ބައިވެރިކޮށްފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.

މި މައުރަޒަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދާކަމަށް ބީސީސީން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement