
ހަވާއަރުވާތަން ބަލާލަން ބޭނުންތަ؟ މިއޮތީ ރަނގަޅު ފުރުސަތެއް
ހުޅުމާލޭގައި މިރޭވެސް ހަވާ އަރުވަން ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފް ބުނީ މިރޭ ހަވާއަރުވާނީ ހުޅުމާލެ ފޭސް ދޭއްގެ ފަރުކޮޅުފުށި ސަރަޙައްދުގައި 21:45 ގައި ކަމަށާއި އަދި ހަވާ އެރުވުން ކުރިއަށްދާނީ 3 މިނެޓަށް ކަމަށެވެ.
މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރޭވެސް ހުޅުމާލޭގެ ފެރީ ޓާމިނަލާ ދިމާލުގައި އެމްއެންޑީއެފުން ހަވާއަރުވާފައި ވެއެވެ. އެއީ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ހުޅުވުމުގެ ރަސްމިއްޔާތު ފާހަގަކުރުމުގެ ގޮތުންނެވެ.
ހުޅުމާލޭގައި މިރޭ ހަވާއަރުވަން ހަމަޖެހިފައިވާ އިރު "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގެ ހަރަކާތްތައްވެސް ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށްދާނެއެވެ.
ރިއެކްޝަންސް






