
އުއްތަމަ ފަނޑިޔާރަކަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަން ކުރެއްވުމަށް މަޖިލިހުން ރުހުންދީފި
އުއްތަމަ ފަނޑިޔާރަކަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަން ކުރެއްވުމަށް މަޖިލިހުން ރުހުންދީފިއެވެ. ރައްޔިތުންގެ މަޖިލިހުގެ މިއަދު ޖަލްސާގައި އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އުއްތަމަ ފަނޑިރާރުކަމަށް އައްޔަން ކުރެއްވުމަށް ރުހުން ދިނީ 61 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއް މެމްބަރަކު ވޯޓް ދެއްވިއެވެ.
އުއްތަމަ ފަނޑިޔާރުކަމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމާމެދު ރައްޔިތުންގެ މަޖިލިހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި މައްސަލަ މަޖިލިހުގެ ތަޅުމަށް ހުށަހެޅުއްވީ އިއްޔެއެވެ. އިއްޔެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާ, ކޮމިޓީން އިއްޔެ ރުހުން ދިނެވެ.
ޢަބްދުލްޣަނީ މުޙައްމަދަކީ ކުރިން ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް 19 ވަނަ މަޖިލިހުން ފަނޑިޔާރުކަމުން ވަކިކުރެއްވިއެވެ. ވިހި ވަނަ މަޖިލިހުން އަލުން އެކޯޓަށް އައްޔަންކުރެއްވުމަށް ރުހުން ދެއްވީ އުއްތަމަ ފަނޑިޔާރަކަށެވެ.
އުއްތަމަފަނޑިޔާރުގެ މަގާމް ހުސްވީ އަހުމަދު މުއުތަސިމް އަދުނާނު ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރެއްވުމުންނެވެ.
ރިއެކްޝަންސް






